ދިވެހިރާއްޖެ
އިޢުލާން
މި މަރުކަޒުގެ ބަަަަައެއް ޢިމާރާތުގެ ބޮޑުދޮރު އެލްމިނިއަމް ދޮރަށް ބަދަލުކުރުމާ ބެހޭ
މި މަރުކަޒުގެ ބައެއް ޢިމާރާތުގެ ބޮޑުދޮރު އެލްމިނިއަމް ދޮރަށް ބަދަލުކުރުމަށް ބޭނުންވެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި ބީލަންފޯމު ދޫކުރުން 2016 ނޮވެންބަރު 2 ވަނަ ދުވަހުގެ 13:30 ގައި މި މަރުކަޒުގައި އޮންނާނެއެވެ. މައުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބީލަންފޯމު ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 މުޙައްރަމް 1438