ދިވެހިރާއްޖެ
އިޢުލާން
ހޯލުގެ ސީލިންގ މަރާމާތުކޮށް ކުލަލުމާބެހޭ
މިމަރުކަޒުގެ ހޯލުގެ ސީލިންގުން ބައެއް ތަންތަން މަރާމާތުކޮށް ކުލަލުމަށް ބޭނުންވެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި ބީލަންފޯމު ދޫކުރުން 2016 ނޮވެންބަރު 2 ވަނަ ދުވަހުގެ 13:00 ގައި މިމަރުކަޒުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބީލަންފޯމު ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 މުޙައްރަމް 1438