ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ސީނިއަރ ޕްރޮޖެކްޓް އޮފިސަރ |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
|||
މަޤާމުގެ ރޭންކް: |
އެމް. އެސް. 2 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||
މުސާރަ: |
މަހަކު -/6،295 ރުފިޔާ |
|||
ސަރވިސް އެލަވަންސް: |
މަހަކު -/2،000 ރުފިޔާ |
|||
ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|||
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ ޔުނިޓް / ތަން: |
މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ޕަރސަނަލް އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް/ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް/ މާލެ |
|||
އަސާސީ ޝަރުޠު: |
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 4. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. މިނިސްޓްރީއަށް ބޭނުންވާ ތަމްރީނުތަކުގެ ދިރާސާއެއް ހެދުން (ޓްރެއިނިންގ ނީޑް އެނަލިސިސް) 2. މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދެނެގަނެ، ޓްރެއިނިންގ ޕްލޭނެއް ތައްޔާރުކޮށް ބެލެހެއްޓުން. 3. ރާއްޖެއިން/ރާއްޖެއިން ބޭރުން މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތަކުގެ ފުރުޞަތު އެފަރާތްތަކަށް ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 4. މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް އެކުލަވައިލުން. 5. ޔުނިޓުގެ ވޯރކް ޕްލޭން ތައްޔާރުކުރުކޮށް ބެލެހެއްޓުން. 6. ޔުނިޓުގެ ބަޖެޓް ތައްޔާރުކުރުން. 7. ތަމްރީންތައް ފުރިހަމަކުރާ މުވައްޒަފުންގެ ޓްރެއިނިންގ އިވޭލުއޭޝަން ރިޕޯޓް ތައްޔާރުކުރުން. 8. މުވައްޒަފުން ފުރިހަމަކުރާ ތަމްރީންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. 9. ޔުނިޓަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ލިޔެކިޔުމެއް ތައްޔާރުކުރުމަށް ޔުނިޓުގެ ވެރިޔަކު އެދިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރުން. 10. ޔުނިޓުގައި މުވައްޒަފަކު ނެތް ހާލަތެއްގައި ސެކްޝަނުގެ ވެރިޔަކު ވިދާޅުވާގޮތެއްގެމަތިން އެ މުވައްޒަފެއްގެ މަސައްކަތްކުރުން. 11. ސެކްޝަނުގެ އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން. 12. މީގެ އިތުރުން، މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން. |
|||
މަޤާމް: އިންސްޕެކްޝަންސް އޮފިސަރ |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
|||
މަޤާމުގެ ރޭންކް: |
އެމް. އެސް. 2 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||
މުސާރަ: މަހަކު -/6،295 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ |
|||
ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|||
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ ޔުނިޓް / ތަން: |
މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އައި.ސީ.އެސް.އެސް.ޔޫ ޔުނިޓް/ މާލެ |
|||
އަސާސީ ޝަރުޠު: |
1. އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 3. އިންސްޕެކްޝަން/ އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ، 4. އިންސްޕެކްޝަން، އިންވެސްޓިގޭޝަން އެންޑް އެންފޯސްމަންޓް ސަރވިސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. ޖަލުތަކާއި، ޑިޓެންޝަން ސެންޓަރުތަކާއި، ފުލުހުންގެ ކަސްޓޯޑިއަލް މަރުކަޒުތަކަށް ޒިޔާރަތްކުރުން. 2. ފުލުހުންގެ ކަސްޓޯޑިއަލް މަރުކަޒުތަކަށް ޒިޔާރަތްކުރަންޖެހޭގޮތުގެ އެނުއަލް ވިޒިޓިންގ ޝެޑިއުލް އިންސްޕެކްޓަރާއި އިންސްޕެކްޝަން ޓީމުގެ މަޝްވަރާގެމަތިން ރޭވުން. 3. ކަސްޓޯޑިއަލް ސެންޓަރުތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހޯދައި، މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރުން. 4. ކަސްޓޯޑިއަލް އިންސްޕެކްޝަން ރިޕޯޓްތައް ތައްޔާރުކުރުން. 5. އިންސްޕެކްޓްކުރެވޭ ތަންތަނުގެ ރިޕޯޓް މިނިސްޓަރަށް ހުށަހަޅައި، ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ހުށަހެޅުން. 6. ރިޕޯޓް ތައްޔާރުކޮށް ހޯދިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުވުންތައް ބާއްވައި، އެފަރާތްތަކާއެކު މަޝްވަރާކުރުން. 7. އިންސްޕެކްޝަން ރިޕޯޓުތަކުގައި ދެވިފައިވާ އިރުޝާދާ އެއްގޮތަށް ކަސްޓޯޑިއަލް ޖަލުތަކަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ މަސައްކަތްތައް، ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދިއުމަށް ބާރުއަޅައި، މަސައްކަތްތައް ނިންމުމަށް ތާރީޚެއް ކަނޑައެޅުން. 8. އިންސްޕެކްޝަން ރިޕޯޓުގައި ފާހަގަކުރެވިފައިވާ މައްސަލަތައް އިޞްލާޙު ކުރެވެމުންދާ މިންވަރު ބެލުމަށްފަހު، ހާލަތާއި ގުޅޭ މަޢުލޫމާތު އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަށް ހުށަހެޅުން 9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
|||
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
|||
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||
މުސާރަ: މަހަކު -/4،465 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ |
|||
ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|||
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ޔުނިޓް / ތަން: |
މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އެޓޮލްސް އެފެއާޒް ސެކްޝަން/ ޕްރޮޖެކްޓްސް ޔުނިޓް / މާލެ |
|||
އަސާސީ ޝަރުޠު: |
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން. |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. އެޓޮލްސް ޑިވެލޮޕްމެންޓް ސެކްޝަނުގެ އިދާރީ ހުރިހާ މަސައްކަތްތައް ކުރުން. 2. ސެކްޝަނުގެ އަހަރީ އެކްޝަން ޕްލޭން ހެދުމާއި، ކޮންމެ ކްއާޓަރެއްގެ އެކްޝަން ޕްލޭން ޕްރޮގްރެސް ތައްޔާރުކުރުމާއި، ކުރިޔަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން. 3. ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ އަތޮޅުގެތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި އަތޮޅު ކައުންސިލްތަކާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި އެހީތެރިވުން. 4. ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ އަތޮޅުގެތައް ސްޓޭޓް ގެސްޓް ހައުސްގެގޮތުގައި ހިންގުމަށް މި މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 5. ސަރަހައްދީ އޮފީސް ކޮމްޕްލެކްސްތައް ބެލެހެއްޓުމާއި، މަރާމާތުކުރުމާއި، ސަރުކާރުގެ ބޭނުންތަކަށް އެތަނުގެ ބައިތައް ދޫކުރުމަށް މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. 6. އަތޮޅުތަކުގެ އިދާރީ ދާއިރާތަކުގެ ތަރައްޤީއާއި، އެ ދާއިރާތައް ހިނގާނުހިނގާގޮތް ބެލުމާއި، ރަނގަޅުކުރަންޖެހޭ ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި އެހީތެރިވުން. 7. ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން އަތޮޅުތަކަށް ކުރާ ދަތުރުތަކުގައި ނަގަންޖެހޭ މަޢުލޫމާތުތައް ނެގުމާއި، އެ މަޢުލޫމާތު ބެލެހެއްޓުމާއި، އެ މަޢުލޫމާތު އެނަލައިޒްކުރުމާއި، ދަތުރު ރިޕޯޓްތައް ލިޔުމާއި، ސެކްޝަނުގެ އަހަރު ރިޕޯޓް ލިޔުމާއި، ސެކްޝަނުގެ މަސައްކަތާ ގުޅޭ ޕްރޮސީޖަރ މެނުއަލް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން. 8. އެއްފަސްކުރުމުގެ ސަބަބުން ނުވަތަ ސުނާމީގެ ސަބަބުން މީހުން ފައިބާފައިވާ ރަށްރަށް ފަޅުރަށްރަށުގެގޮތުގައި އިޢުލާންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމުގެ ކުރިން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވުން. 9. ސެކްޝަނުގެ މުވައްޒަފަކު ޗުއްޓީނަގާނަމަ، އެ މުވައްޒަފު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން އެ މުވައްޒަފު ކުރަމުންގެންދާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން. 10. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
|||
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
|||
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||
މުސާރަ: މަހަކު -/4،465 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ |
|||
ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|||
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ޔުނިޓް / ތަން |
މިނިސްޓްރީ އޮފް ހޯމްއެފެއާޒް / އެޓޮލްސް އެފެއާޒް ސެކްޝަން/ ރިސޯސަސް އެންޑް ޑިވެލޮޕްމަންޓް ޔުނިޓް / މާލެ |
|||
އަސާސީ ޝަރުޠު: |
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން. |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. އަތޮޅުގެތައް ސްޓޭޓް ގެސްޓް ހައުސްގެ ގޮތުގައި ހިންގުމުގައި މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އިދާރީ ލިޔެކިއުމުގެ ކަންތައް ކުރުން. 2. ސްޓޭޓް ގެސްޓް ހައުސްތަކުގެ ހާލަތު ބަލައި، މޮނިޓަރކުރުން. 3. ކޮންމެ އަތޮޅެއްގެ ސްޓޭޓް ގެސްޓް ހައުސް (އަތޮޅުގެ) ހިނގަމުންދާގޮތުގެ ރިޕޯޓް މަހަކު އެއްފަހަރު ނެގުމަށްފަހު، ހުރިހާ ސްޓޭޓް ގެސްޓް ހައުސްތަކުގެ ހާލަތު އެނގޭގޮތަށް، ކޮންމެ 6 މަހަކުން އެއްފަހަރު، ކުރު ރިޕޯޓެއް ތައްޔާރުކުރުން. 4. ރަށްވެހި ޚިދުމަތްތަކުގެ ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި މަރުކަޒީ ފެންވަރުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން. 5. ރަށްރަށުގައި ޤާއިމުކޮށްފައިވާ ރަށްވެހި ތަރައްޤީއާ ގުޅޭ މުހިއްމު ވަސީލަތްތަކުގެ ހާލަތު ބަލައި، އެކަމުގެ މަޢުލޫމާތު ޑޭޓާބޭހަށް އެންޓަރކުރުން. 6. އަތޮޅުތައް ހިންގުމަށްޓަކައި ދައުލަތުން ޤާއިމުކޮށްފައިވާ މަރުކަޒީ އޮފީސްތަކާއި އަތޮޅުގެތަކާއި، ރަށްވެހިގެތައްފަދަ އިމާރާތްތައް ބެލެހެއްޓުމާއި، ބޭނުންކުރުމުގެ އުސޫލުތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް އެކަށައެޅުން. 7. މިނިސްޓްރީން އަތޮޅުތަކުގައި ހިންގާ އިމާރާތާއި މަރާމާތުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ކުރެހުމާއި ޓެކްނިކަލް އިންސްޕެކްޝަން ހެދުމާއި، ބީ.އޯ.ކިޔު ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިވެދިނުން. 8. އާންމު ޚިދުމަތްތަކުގެ ތެރެއިން ކަށުކަމާކެމީގެ ޚިދުމަތާއި، ރުއްގަސްތައް ބެލެހެއްޓުމާއި، ރަށުތެރެސާފުކުރުންފަދަ ޚިދުމަތްތައް ރަށު ކައުންސިލްތަކުން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ކައުންސިލް އިދާރާތަކާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް އެހީތެރިވުމުގައި ސަރުކާރުގެ ފަރާތުން މަރުކަޒީ ފެންވަރުގައި މިނިސްޓްރީން އަދާކުރާ މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި އެހީތެރިވެދިނުން. 9. ސެކްޝަން މުވައްޒަފަކު ނެތް ހާލަތެއްގައި، ވެރިން ވިދާޅުވާ ގޮތެއްގެ މަތިން، އެ މުވައްޒަފެއްގެ މަސައްކަތް ކުރުން. 10. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
|||
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
|||
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||
މުސާރަ: މަހަކު -/4،465 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ |
|||
ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|||
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ޔުނިޓް / ތަން: |
މިނިސްޓްރީ އޮފް ހޯމްއެފެއާޒް / މީޑިއާ ސެކްޝަން/ ޕަބްލިކޭޝަން އެންޑް ރެޖިސްޓްރޭޝަން މީޑިއާ ޔުނިޓް / މާލެ |
|||
އަސާސީ ޝަރުޠު: |
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޖާނަލިޒަމްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޖާނަލިޒަމްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން. |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. ރަޖިސްޓްރީކޮށްފައިވާ އޮންލައިން ނޫސްތަކާއި، ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތައް ގަވާއިދުން ނެރެމުން ގެންދޭތޯ ބަލައި ޗެކްކުރުން. 2. ސެކްޝަނުގެ އެކްޝަން ޕްލޭންގެ ޕްރޮގްރެސް ތައްޔާރުކުރުން. 3. މިނިސްޓްރީގެ ވެބްސައިޓަށް ބޭނުންވާ ޚަބަރަށް ފޮޓޯ ނެގުމާއި، ފޮޓޯ ހޯދުމާއި، ޚަބަރަށް ބޭނުންވާ މަޢުލޫމާތު ހޯދައި، ޚަބަރު އެކުލަވައިލުމުގެ މަސައްކަތް ކުރުން. 4. ސެކްޝަނަށް ލިބޭ ތަކެތި ބަލައިގަތުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން. 5. ސެކްޝަނުން ފޮނުވަންޖެހޭ ސިޓީއާއި، ނޯޓާއި، މެމޯފަދަ ތަކެތި ފޮނުވުމާއި، ސެކްޝަނަށް ލިބޭ ސިޓީއާއި، މެމޯއާއި، ނޯޓު ފަދަ ތަކެއްޗަށް ޖަވާބުދިނުން. 6. ތަންތަނަށް ފޯނުކޮށް، ސެކްޝަނުން ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން ނުވަތަ ތަންތަނަށް އަންގަންޖެހޭ އެންގުންތައް އެންގުން. 7. ސެކްޝަނާ ގުޅުންހުރި ކަންކަމުގައި، ވެރިންނާ ބައްދަލުކުރުމުގެ އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުން. 8. މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ، ސެކްޝަނާ ގުޅުންހުރި މަސައްކަތެއް ހަވާލުކުރެވިއްޖެނަމަ، އެކަމެއް ކުރުން. 9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
|||
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
|||
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||
މުސާރަ: މަހަކު -/4،465 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ |
|||
ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|||
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ޔުނިޓް / ތަން: |
މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ޕީ.އެސް. ސެކްރެޓޭރިއަޓް / މާލެ |
|||
އަސާސީ ޝަރުޠު: |
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން. |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. ޕާމަނަންޓް ސެކްރެޓަރީއާ ބައްދަލުކުރަން އަންނަ މީހުންގެ އެޕޮއިންޓްމަންޓްތައް ނޯޓްކޮށް، އެދުވަހެއްގެ ޝެޑިއުލްއާއެކު، ކުރިއަށްއޮތް ދުވަހުގެ ޝެޑިއުލް ޕާމަނަންޓް ސެކްރެޓަރީއަށް ހުށަހަޅައި، އެޕޮއިންޓްމަންޓަށް ވަޑައިގަންނަވާ ބޭފުޅުންގެ މަޢުލޫމާތު، ކައުންޓަރުގައި ތިބޭ މުވައްޒަފުންނަށް ދިނުމާއެކު، އެބޭފުޅުން ރިސީވްކުރުން. 2. ޕާމަނަންޓް ސެކްރެޓަރީގެ ދުވަހު ޝެޑިއުލް ކަލަންޑަރު އަޕްޑޭޓްކޮށް، ޝެޑިއުލްގައިވާ ކަންކަން އިންތިޒާމްކުރުން. 3. ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވަންޖެހޭ ބައްދަލުވުންތަކާބެހޭ މަޢުލޫމާތު، އެ ބައްދަލުވުމެއް ފެށުމުގެ 15 މިނެޓުގެ ކުރިން ޕަރމަނަންޓް ސެކްރެޓަރީއަށް ދަންނަވައި، ހަނދުމަފުޅުކޮށް އެރުވުން. 4. ޕާމަނަންޓް ސެކްރެޓަރީގެ ފަރާތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 5. މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ކޮމިޓީއާއި، ކޮމިޓީގައި ހިމެނޭ ތިން ޕެނަލްގެ ބައްދަލުވުންތައް ބޭއްވުމުގެ އެންމެހައި މަސައްކަތްތައް ކުރުމާއި، މިފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުން. 6. ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ ރަސްމީ ދަތުރުފުޅުތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސެވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގަތުމުގެ އިންތިޒާމް، ކަމާގުޅޭ ފަރާތްތަކާ ގުޅައިގެން ހަމަޖެއްސެވުން. 7. ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ ރަސްމީ ދަތުރުފުޅުތަކުގެ ރިޕޯޓް، ދަތުރުފުޅު ނިންމަވާފައި ވަޑައިގަތުމުން ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 8. ޕާމަނަންޓް ސެކްރެޓަރީގެ ބެއްލެވުމުގެދަށުން ހިނގާ އޮފީސްތަކަށް ކޮންމެ ކުއާޓަރއަކު ޒިޔާރަތްކުރުމުގެ ކަންތައްތަކާއި، ކުއްލިއަކަށް ދިމާވާ ކަންތައްތަކާ ގުޅޭގޮތުން ކުރަންޖެހޭ ޒިޔާރަތްކުރުމުގެ ކަންތައްތަކާއި، މިފަދަ އޮފީސްތަކުގެ މުވައްޒަފުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައި، މުވައްޒަފުންނާއެކު ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 9. ޕާމަނަންޓް ސެކްރެޓަރީގެ ބެލުމުގެ ދަށުގައިވާ އޮފީސްތަކުން ހުށަހަޅާ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލައި، އެ މައްސަލަތައް ޙައްލުކުރުމަށް ޕާމަނަންޓް ސެކްރެޓަރީއަށް އެހީތެރިވެދިނުން. 10. ޕާމަނަންޓް ސެކްރެޓަރީގެ ސެކްރެޓޭރިއަޓަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން. 11. ޕީ.އެސް. ސެކްރެޓޭރިއަޓްގެ މަސައްކަތްތަކުގެ އިތުރަށް، ސްޓޭޓް މިނިސްޓަރ ހަވާލުކުރައްވާ މަސައްކަތްތައް ކުރުން. 12. ޔުނިޓުގެ މުވައްޒަފަކު ޗުއްޓީނަގާނަމަ، އެ މުވައްޒަފަކު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން، އެ މުވައްޒަފަކު ކުރަމުންގެންދާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން. 13. މިނިސްޓްރީގެ ފަރާތުން ބައިވެރިވުމަށް އަންގާ ބައްދަލުވުން/ވާރކްޝޮޕް/ސެމިނާރުތަކުގައި މިނިސްޓްރީ ތަމްސީލުކުރުން. 14. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
|||
މަޤާމް: އެސިސްޓެންޓް އެކައުންޓްސް އޮފިސަރ |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
|||
މަޤާމުގެ ރޭންކް: |
ޖީ. އެސް. 4 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||
މުސާރަ: މަހަކު -/5،020 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ |
|||
ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|||
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން/ޔުނިޓް / ތަން: |
މިނިސްޓްރީ އޮފް ހޯމްއެފެއާޒް / ފައިނޭންސް ސެކްޝަން / މާލެ |
|||
އަސާސީ ޝަރުޠު: |
1. އެކައުންޓިންގ/ ކޯޕަރޭޓް ފައިނޭންސް/ ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުމާއެކު، އެކައުންޓިންގ/ ކޯޕަރޭޓް ފައިނޭންސް/ ފައިނޭންސް އެންޑް ފައިނޭންޝިއަލް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. ބިލްތަކަށް ފައިސާދެއްކުމަށްޓަކައި ވައުޗަރތައް ވެރިއަކު ޗެކްކުރުމަށްފަހު، ސޮއި ކޮށްނިމުމުން، ވައުޗަރތައް ސެޕަށް (SAP) އެންޓަރކުރުމާއި، ވައުޗަރތައް ސްކޭންކުރުމަށްފަހު، އެޓޭޗްކޮށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ހަވާލުކުރުން. 2. އަމިއްލަ ފަރާތްތަކަށް ފައިސާ ހަވާލުކުމަށްޓަކައި ހަދާ ވައުޗަރ ފިނޭންސް މިނިސްޓްރީއަށް ފޮނުވައި، ޗެކް ހަދައި ނިމުމުން، މިނިސްޓްރީއަށް ޗެކް ގެނައުން. 3. ފިނޭންސް މިނިސްޓްރީން މުވައްޒަފުންގެ މުސާރައިގެ ޗެކް ލިބުމުން، މުވައްޒަފުންގެ މަޢުލޫމާތު ޝީޓް ތައްޔާރުކޮށް، ޗެކާއެކު ބޭންކް އޮފް މޯލްޑިވްސްއަށް ޖަމާކުރުމަށްފަހު، ޝީޓުގެ ކޮޕީ ފައިލްކުރުން. 4. މުވައްޒަފުންގެ ޕެންޝަން ސްކީމުގެ ފައިސާގެ މަޢުލޫމާތުޝީޓް ތައްޔާރުކޮށް، ޗެކާއެކު މޯލްޑިވްސް ޕެންޝަން އެންޑް އެޑްމިނިސްޓްރޭޝަންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އެކައުންޓަށް ޖަމާކުރުމަށްފަހު، ޝީޓުގެ ކޮޕީ ފައިލްކުރުން. 5. މިނިސްޓްރީގެ ކުރިއަށްއޮތް އަހަރުގެ ބަޖެޓް ތައްޔާރުކުރުމަށްޓަކައި އެކި ސެކްޝަންތަކުން ބޭނުންވާނެ ތަކެއްޗާއި، ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކަށް ބޭނުންވާނެ ފައިސާގެ ތަފްޞީލްތައް ހޯދުމަށްފަހު، މިނިސްޓްރީގެ ބަޖެޓް ތައްޔާރުކުރުން. 6. މިނިސްޓްރީއާއި މިނިސްޓްރީގެދަށުން ހިނގަމުންދާ އޮފީސްތަކުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް، މިނސްޓްރީއަށް ފޮނުވުމުން، ގެންނަންޖެހޭ ބަދަލުތައް ގެނެސް، އިޞްލާޙުކުރުމަށްފަހު، ހުރިހާތަނެއްގެ ބަޖެޓްތައް އެއްކޮށް ކޮންސިލިޑޭޓްކުރުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތަށް ބަޖެޓްތައް ނިންމައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުން. 7. މިނިސްޓްރީން މުޅި އަހަރުތެރޭގައި ކޮށްފައިވާ ޚަރަދުތައް، މިނިސްޓްރީގެ ސިސްޓަމާއި، SAP ސިސްޓަމުން ރިކޮންސައިލްކޮށް، އޮޑިޓްއޮފީހުން ކަނޑައަޅާ ފޯމެޓަށް ތައްޔާރުކޮށް، އަންގާފައިވާ މުއްދަތަށް އޮޑިޓް އޮފީހަށް ފޮނުވުން. 8. މިނިސްޓްރީގެދަށުން ހިނގާ އޮފީސްތަކުން ބަޖެޓްސެކްޝަނަށް ފޮނުވާ ބަޖެޓް ކޮންޓްރޯލް ފޯމުތަކާ ގުޅޭގޮތުން ބަޖެޓް ކޮންޓްރޯލް ތައްޔާރުކުރުމާއި، ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެން ބަދަލުގެނަންޖެހޭ ފޯމުތައް ބަދަލުކޮށްދެއްވުމުން، އަނބުރާ އެ ފޯމުތައް އޮފީސްތަކަށް ފޮނުވުން. 9. ފައިނޭންސް ސެކްޝަނުގެ މަސައްކަތްތަކުގެ އިތުރަށް ސްޓޭޓް މިނިސްޓަރ ހަވާލުކުރައްވާ މަސައްކަތްތައް ކުރުން. 10. ސެކްޝަން މުވައްޒަފަކު ނެތް ހާލަތެއްގައި ވެރިން ވިދާޅުވާ ގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތް ކުރުން. 11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ ރަސްމިއްޔާތުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
|||
މަޤާމް: މަސައްކަތު |
||||
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
|||
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
|||
ބޭނުންވާ އަދަދު: |
1 (އެކެއް) |
|||
މުސާރަ: މަހަކު -/3،100 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ |
|||
ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|||
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން: |
ޖުވެނައިލް ޖަސްޓިސް ޔުނިޓް (ކުލުނުވެހި، 7 ވަނަ ފަންގިފިލާ) /އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ޔުނިޓް/ މާލެ |
|||
އަސާސީ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން. |
|||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. އޮފީސްތެރެ ކުނިކަހައި، ފޮޅައި، ސާފުކޮށް ބެލެހެއްޓުން. 2. އޮފީހުގެ މޭޒުތަކާއި ތަންތަން ފޮޅައި ސާފުކުރުން. 3. އޮފީހުގެ ސައިކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުން. 4. އޮފީހުގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން. 5. ކުނިއަޅާ ޑަސްބިންތައް ސާފުކުރުން. 6. މީގެ އިތުރުންވެސް އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
|||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަމްރީނު. - މަސައްކަތުގެ ތަޖުރިބާ. - އިންޓަވިއުއާއި ޕްރެޒކްޓިކަލް. - ޕީ.އެސް. ސެކްރެޓޭރިއަޓުގެ މަޤާމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ދަތުރުކުރެވޭ ފަރާތަކަށްވުން. |
|||
އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން: |
މި މަޤާމުތަކަށް މީހަކު ހޮވުމަށް ދެވޭ ޕްރެކްޓިކަލްއާއި، އިންޓަވިއު އޮންނާނީ، 2016 ނޮވެންބަރު 15 ވަނަ ދުވަހާއި 2016 ޑިސެންބަރު 8 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭގެ 10 ވަނަ ފަންގިފިލާ) ގައެވެ. |
|||
ހުށަހަޅަންޖެހޭ ތަކެތި: |
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި މިނިސްޓްރީގެ www.homeaffairs.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
|||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2016 ނޮވެންބަރު 13 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް. |
|||
އިތުރު މަޢުލޫމާތު: |
- މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. - މަސައްކަތު މަޤާމު ފިޔަވައި، ދެންހުރި މަޤާމުތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން މަޤާމުގެ އަސާސީ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް / އިމްތިޙާނު ކަރުދާހެއް ދެވޭނެއެވެ. އަދި މަސައްކަތު ތިން ދުވަސް ކުރިން، ޕްރެކްޓިކަލްއަށް ހާޒިރުވުމަށް އަންގާ ސްލިޕް އެ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް މެއިލް ކުރެވޭނެއެވެ. - ޕްރެކްޓިކަލްއާއި އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. - މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3313325 ނަންބަރު ފޯނަށް، ނުވަތަ 3323820 ނަންބަރު ފޯނަށެވެ. |
|||
30 މުޙައްރަމް 1438 |