ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މިނިސްޓްރީއާއި، މިނިސްޓްރީގެދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހެކެވެ.
މަޤާމް: |
ޗައިލްޑް ކެއަރ ސުޕަވައިޒަރ |
||
އޮފީސް: |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: GS3 |
މުސާރަ: |
މަހަކު -/4465 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
||
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ކުޑަކުދިންގެ ހިޔާ/ ވިލިމާލެ |
||
ތައުލީމާއި ތަޖުރިބާ: |
1. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ކުޑަކުދިންގެ ހިޔާއަށް ގެނެވޭ ކުދިން ބަލައިގަނެ، އެކުދިން ރަޖިސްޓްރީކޮށް، އެކުދިންގެ ޕަރސަނަލް ފައިލް ތައްޔާރުކުރުން. 2. ސެކްޝަނުގެ ލިޔެކިޔުންތަކާއި ރިޕޯޓްތައް ތަރުތީބުކޮށް ބަލަހައްޓައި، ސެކްޝަނުގެ ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުން. 3. މަރުކަޒުން ބަލަހައްޓާ ކުދިންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން. 4. ކޭސް ކޮންފަރެންސްތަކާއި، މަރުކަޒުގައި ބަލަހައްޓާ ކުދިންނާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން. 5. ކުޑަކުދިންގެ ހިޔާގެ ބޭރުގައި ހިންގާ ހަރަކާތްތައް ސުޕަވައިޒްކޮށް، އެ ހަރަކާތްތަކަށް އެހީތެރިވުން. 6. ސްކޫލުން އަންގާ ބައްދަލުވުންތަކަށް ބެލެނިވެރިންގެގޮތުގައި ހާޒިރުވުމާއި، ސްކޫލުންދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން. 7. ކުދިން ބަލަހައްޓާ މީހުން (ޗައިލްޑް ކެއަރ ވޯކަރ) ގެ ޗުއްޓީ ޓޭބަލް ތައްޔާރުކޮށް، އެމީހުންގެ މަސައްކަތަށް ނުކުތުމުގައި ދިމާވާ މައްސަލަތައް، ސެކްޝަން ހިންގުމާ ހަވާލުވެގެން ހުންނަވާ އިސްވެރިއެއްގެ މަޝްވަރާގެމަތިން ޙައްލުކުރުން. 8. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ދުވަހުގެ ހަރަކާތްކަމުގައިވާ، ކިޔެވުމާއި ކުޅިވަރާއި ހުސްވަގުތު އެކަށީގެންވާގޮތަށް ރާވައި، އެކުދިން ޢަމަލުކުރާނެ ޓޭބަލެއް ތައްޔާރުކޮށް، އެ ޓޭބަލާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، ސުޕަވައިޒްކުރުން. 9. ސްކޫލަށް ފޮނުވާ ކުދިންގެ ކަންތައްތަކާއި، ކުދިންނަށް ހޯދަންޖެހޭ ތަކެތި ހޯދައިދިނުމާއި، ކެއިންބުއިމުގެ ކަންތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން. 10. މަރުކަޒުގައި މަސައްކަތްކުރާ ޗައިލްޑްކެއަރ ވާރކަރުންނާއި، ކުދިންބަލަހައްޓާ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން. 11. ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާމުންދާ ކުދިންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށްޓަކައި ކުދިން ބަލަހައްޓާ މުވައްޒަފުންގެ ޑިއުޓީތައް ރާވައިލުމާއި، އެ މަޢުލޫމާތުތައް އެ މުވައްޒަފުންނާ ހިއްސާކޮށް، ކުދިން ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން. 12. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް އޮފީހުން ހަވާލުކުރެވޭ އެންމެހައި ރަސްމީ މަސައްކަތް ކުރުން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި، ފިޔަވަތިން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.) 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު ކޮޕީއެއް. 5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 6. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން، އަދާކުރި ވަޒީފާގެ މުއްދަތު (މަޤާމާއި ރޭންކް) އެނގޭނޭ ލިޔުމެއް. 8. ވަޒީފާއެއްގައި އުޅޭނަމަ، މި ވަޒީފާއަށް ބަދަލުވުމާމެދު އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. |
||
ސުންގަޑި: |
2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ވިލިގިނލީ ކުޑަކުދިންގެ ހިޔާ (ރައިވެރިބޭ މަގު) އަށް. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނީ، 2016 ނޮވެންބަރުމަހާއި ޑިސެންބަރމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ. - ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައިގެން، އެކަންކަމަށް އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ. |
||
މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން: |
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ، ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް. - ކުދިން ބެލެހެއްޓުމުގައި ތަޖުރިބާ ލިބިފައިހުރި ފަރާތްތައް. - މަޑުމައިތިރިކަމާއެކު މުޢާމަލާތުކުރެވޭ ފަރާތްތައް. |
||
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 3027521 ނަންބަރު ފޯނަށެވެ. | ||
2 ޞަފަރު 1438 |