ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ އޮފީސް އިމާރާތުގެ އަސްކެނި ސީލިންގު ކުރުމާއި، ދިޔަދޮވި ހަރުކުރުން
މި ސްކޫލުގެ އޮފީސް އިމާރާތުގެ އަސްކެނި ސީލިންގު ކުރުމާއި، ދިޔަދޮވި ހަރުކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު IUL-B/GS152/2016/43 (20 އޮކްޓޫބަރު 2016) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، 3 ވަނަ ފަހަރަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 16 ވާ ހޯމަދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅުއްވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ. ބީލަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާކު ފޮނުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
1 ޞަފަރު 1438