ދިވެހިރާއްޖެ
އިޢުލާން
ޅ.ހިންނަވަރު ޞިއްޙީ މަރުކަޒު މަރާމާތުކުރުމާބެހޭ:
މި މަރުކަޒު މަރާމާތުކުރުމަށް ކުރެވުނު ނަންބަރު (IUL)G1-SM/2016/03 (25 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް މާބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ. އަދި މި މަރުކަޒުން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި މި މަރުކަޒުގެ ތިރީގައި މިދަންނަވާ ތަންތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
- ލެބޯޓްރީ
- އޮފީސް
- ޑޮކްޓަރރޫމް
- ވޯޑު
- އަސްކެނި ސީލިންގ
- ގުދަން
- މަރުކަޒުގެ ފުރަތަމަ ފޭހުގެ ދެކުނު ފުރާޅުގެ ޓިނުތައް ބަދަލުކުރުން
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
ތަން: ހިންނަވަރު ޞިއްޙީމަރުކަޒު |
ތަން: ހިންނަވަރު ޞިއްޙީމަރުކަޒު |
ގަޑި: 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 13:00 |
ގަޑި: 2016 ނޮވެންބަރު 15 ވާ އަންގާރަދުވަހުގެ 13:00 |
ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ވަޑައިގަންނަވާކަމުގެ ލިޔުމަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި އަންދާސީހިސާބުތައް ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހުށަހަޅުއްވާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައި ކަމަށްވުމާއެކު، ގަޑިއަށް ވަޑައިގަތުމަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތިން ބީލަން ހާސިލުކުރާނެ ފަރާތެއް ހޮވުމުގައި ބަލައި ޕޮއިންޓް ދެވޭނެއެވެ.
ހުށަހެޅި ފަރާތް |
އަގު |
މުއްދަތު |
ތަޖުރިބާ |
ޖުމްލަ |
|
60 |
30 |
10 |
100 |
ނޯޓު:
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު މި މަރުކަޒަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަންޖެހިއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު މި މަރުކަޒަށް ލިބިގެންވެއެވެ.