މަޤާމު
|
ޕްރޮގްރާމް އޮފިސަރ
|
އޮފީސް
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
ބޭނުންވާ އަދަދު
|
1
|
މަގާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1/ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަން ޖެހޭ ތަން
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ/ ޕޮލިސީ ޕްލޭނިންގ، ލައިސެންސިންގ އެންޑް ރެގިއުލޭޝަން ޑިވިޜަން
|
ތަޢުލީމާއި ތަޖުރިބާ
|
1. އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
2. އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
3. އެޑްމިނިސްޓްރޭޓިވް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކުލަވާލައި، އެއާ އެއްގޮތަށް މޮނިޓަރިން ކުރިއަށް ގެންދިއުން.
- މޮނިޓަރ ކުރުމަށް ބޭނުންވާނެ ޓޫލްސް އަދި ގައިޑްލައިންސްތައް ތައްޔާރުކުރުމާއި، އެތަކެއްޗަށް ޑިޕާޓްމަންޓްތަކާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ މުވައްޒަފުން އަހުލުވެރިކުރުވުމާއި، އެފަރާތްތަކާ ގުޅިގެން މޮނިޓަރިންގ މަސައްކަތްތައް ކުރުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ އެންމެހައި މަސައްކަތްތައް ކުރެވެމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތައްތޯ ބަލައި ފީޑްބެކް ދިނުމާއި، ކަންކަން އިޞްލާޙުކުރާނެ ގޮތްތައް ހޯދައި، ކަމާބެހޭ ހުށަހެޅުންތައް ތައްޔާރުކޮށް ވެރިންގެ ސަމާލުކަމަށް ގެނައުން.
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މޮނިޓަރިންގ ހިންގުމަށްފަހު އިޞްލާޙު ކުރަންޖެހޭކަމަށް ފާހަގަކުރެވޭ ކަންތައްތައް ރިޕޯޓްކޮށް އެކަންކަން އަންގަންޖެހޭ ކަމާ ގުޅުންހުރި ޑިވިޜަން/ސެކްޝަނަށް އެންގުމާއި، އިޞްލާޙުކުރަންޖެހޭކަމަށް ފާހަގަކުރެވުނު ކަންތައްތައް އިޞްލާޙުކުރެވޭތޯ ބަލައި ކަށަވަރުކުރުން.
- ޑިވިޜަނުން ކުރާ ދަތުރުތަކުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމާއި، ދަތުރުތައް ނިމުމުން ދަތުރުރިޕޯޓް ތައްޔާރުކުރުމާއި، ދަތުރާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- ރިސާރޗް ކުރަން ބޭނުންވާ ދާއިރާތައް ކަނޑައެޅުމާއި ރިސަރޗް ޕްރޮޕޯޒަލް ތައްޔާރުކޮށް، މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ ތަންތަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ދިރާސާތައް ހެދުން.
- އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުންދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދިރާސާތައް ހެދުމާއި، އެ ދިރާސާތަކުގެ އަލީގައި ކަންކަން ތަންފީޒުކުރާ މިންވަރު ބަލައި ރެކޯޑުކުރުން.
- އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުންދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ކެބިނެޓް، ސޯޝަލް ކައުންސިލް ފަދަ ތަންތަނަށް ހުށަހަޅާ ކަރުދާސްތަކަށް ބޭނުންވާ ދިރާސާތައް ކުރުން.
- އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުންދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙާލަތު ދެނެގަތުމުގެ ދިރާސާތައް ހެދުމާއި، އެހެނިހެން ފަރާތްތަކުން ދާއިރާއާ ގުޅޭ ރިސާރޗްތައް ކުރުމުގައި ޑިޕާޓްމަންޓް/ޑިވިޜަންގެ ވެރިން ކަނޑައަޅާގޮތެއްގެ މަތިން ބައިވެރިވެ އެހީތެރިވެދިނުން.
- ރާއްޖޭގައި ކޮށްފައިވާ ދިރާސާތަކާއި ކުރަމުންދާ ދިރާސާތަކުގެ ޖެންޑަރ އެނަލިސިސް ހަދައި ވެރިންގެ ސަމާލުކަމަށް ގެނައުން.
- މިނިސްޓްރީގެ މެންޑޭޓާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމަށް ހަވާލުކުރެވޭ ފަރާތްތަކުގެ މަސައްކަތްތައް ހިނގާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ވެރިންގެ ސަމާލުކަމަށް ގެނައުން.
- ޕަބްލިޝްކުރެވޭ ރިސާރޗް ރިޕޯޓްތައް ގަވާއިދުން އާކައިވްކޮށް ބެލެހެއްޓުން.
- ސަރވޭތަކުގެ ޑޭޓާ ސެޓްތަކާއި ކުއެސްޗަނަރތަކާއި ޕްރޮޓޮކޯލްތަކާއި ޕްރޮޕޯޒަލްތައް އާކައިވްކޮށް ބެލެހެއްޓުމާއި، ދާއިރާގެ ރިސާޗްތަކަށް ބޭނުންވާ ގައިޑްލައިންތަކާއި ޕްރޮޓޮކޯލްތައް ތައްޔާރުކޮށް އާންމުކުރުން.
- ދާއިރާގެ ރިސާރޗް ޕްރޮޕޯޒަލްތައް ސްކްރީން ކުރުމާއި، އިޞްލާޙުކުރަންޖެހޭ ޕްރޮޕޯޒަލްތައް އިޞްލާޙުކުރުން.
- މަސައްކަތުގެ ދާއިރާގައި ހިނެމޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތެއް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު، (މަޤާމާއި ރޭންކް) އެނގޭނޭ ލިޔުމެއް.
- ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން
|
ސުންގަޑި
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 13:30 އެވެ.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން
|
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ ނޮވެންބަރު އަދި ޑިސެންބަރުމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.
ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އަންނަނިވި ކަންތައްތަކަށް އިސްކަންދެވޭނެއެވެ.
- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
- ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރުމާއި، ލިޔުމުގެ ޤާބިލުކަން ލިބިފައިވުން.
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027521 / 3027529 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://gender.gov.mv އިން ލިބެން ހުންނާނެއެވެ.
|