މަސައްކަތް
ނަންބަރު: (IUL)459-A/1/2016/201
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 13 ނޮވެންބަރު 2016 13:00
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ކޯލް ސެންޓަރ މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީއަށް ބޭނުންވާ ކޯލް ސެންޓަރ މެނޭޖްމަންޓް ސޮފްޓްވެއަރއެއް ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)459-A/1/2016/184 އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 ނޮވެންބަރު 13 ވާ އާދީއްތަދުވަހުގެ 13:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 17 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

8 ޞަފަރު 1438

08 ނޮވެންބަރު 2016