ދިވެހިރާއްޖެ
އިޢުލާން
މި މަރުކަޒުގެ ގުދަނުގެ ފުރާޅުގެ ބައެއް ޓިނު ބަދަލުކޮށް ދަވާދުލުމާބެހޭ
މި މަރުކަޒުގެ އިޢުލާން ނަންބަރު GS09/2016/36 (26 އޮކްޓޫބަރު 2016) ގެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.
މި މަރުކަޒުގެ ގުދަނުގެ ފުރާޅުން ބައެއް ޓިނު ބަދަލުކޮށް ދަވާދުލުމަށް ބޭނުންވެއެވެ. މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވަނަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި، ބީލަންފޯމު ދޫކުރުން 2016 ނޮވެންބަރު 20 ވަނަ ދުވަހުގެ 13:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބީލަންފޯމު ދޫނުކުރާނެ ވާހަކަ ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ޞަފަރު 1438