ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ
1 ޖަނަވަރީ 2017 އިން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓު ހުށަހަޅުއްވަންވާނެއެވެ.
މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަތުން، އިސްވެދެންނެވި ގަޑީގައި މި ސްކޫލުގެ އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޞަފަރު 1438