ދިވެހިރާއްޖެ
އިޢުލާން
އިމާރާތެއް ކުއްޔަށް ހިފުމާބެހޭ
މި ކުންފުންޏަށް ހދ.ކުޅުދުއްފުށިން އޮފީސް އިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 15 ޑިސެންބަރު 2016ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް މި ކުންފުނީގެ ހދ.ކުޅުދުއްފުށީ ޕޯސްޓް އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 2016 ޑިސެންބަރު 15 ވަނަ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބައިވެރިނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިމާރާތް ހޯދަން ބޭނުންވާ ރަށް:
- ހދ.ކުޅުދުއްފުށި
ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާބެހޭ ތަފުސީލު
- ޢިމާރާތުގެ ބޮޑުމިން ބަޔާންކުރުން
- ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
- ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
- ޢިމާރާތް ހުރި ސަރަހައްދު ބަޔާންކުރުން
- ޢިމާރާތުގެ ކުލި ބަޔާން ކުރުން
- ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް
- ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން
- ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން
- ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން
- ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
- ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން)
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރި ގުޅުން އެނގޭނެ ލިޔުމަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން
މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެ ގޮތް ތިރީގައި މިވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު: %20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30