ދިވެހިރާއްޖެ
އިޢުލާން
އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމާބެހޭ
2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ކުއްޔަށް ހިފަން ބޭނުންވާ ގޭގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
- 2 ނިދާކޮޓަރި - އެޓޭޗް ފާޚާނާއާއި ފަރުނީޗަރާއެކު (މަދުވެގެން 1 ކޮޓަރީގައި އޭ.ސީ ހުންނަންވާނެއެވެ.)
- ސިޓިންގރޫމް، ބަދިގެ - ފަރުނީޗަރާއެކު (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
- މީހުން ދިރިއުޅޭ ގެއެއްގެ ބައެއްގައި ނަމަ، އިލެކްޓްރިކް މީޓަރ ވަކިކުރެވިފައިހުރުން.
ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ޑިސެންބަރު 13 ވާ ހޯމަދުވަހުގެ 13:00 ގައި ދަނބިދޫ ސްކޫލް |
2016 ޑިސެންބަރު 21 ވާ ބުދަދުވަހުގެ 13:00 ގައި ދަނބިދޫ ސްކޫލް |
މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އަންދާސީހިސާބުތައް ކަނޑާނީ، އަންދާސީހިސާބު ހުށަހެޅި ހުރިހާ ބޭފުޅުންގެ ހާޒިރުގައި ކަނޑައެޅިފައިވާ ސުންގަޑީގައެވެ.