ދިވެހިރާއްޖެ
އިޢުލާން
ސިޓީ ޕާރގެ އިރުއުތުރު ކަނުގައި ހަދާފައިވާ ޢިމާރާތް ހިޔާކޮށް މަރާމާތްކޮށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި މިނިސްޓްރީން ކުރި ނަންބަރު: (IUL) 10-F/1/2016/105 (01 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތުތަކަށް ބަދަލު އައިސްފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
20 ރަބީޢުލްއައްވަލް 1438