ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ސެކިއުރިޓީ ބެލެހެއްޓުން އައުޓް ސޯސް ކުރުމާބެހޭ
މި ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސްކޮށްގެން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS-92/IUL/2016/28 (17 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ސެކިއުރިޓީ އައުޓްސޯސްކޮށްގެން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 02 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި މީހަކު އަންނަނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި ބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 - 14:00 އަށް) މި ސްކޫލުގެ ނަންބަރު 6520537 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
21 ރަބީޢުލްއައްވަލް 1438