ދިވެހިރާއްޖެ
އިޢުލާން
ފައުންޑޭޝަން ސްޓޭޖްގެ ސްޓޭޝަނަރީ ހޯދުން
2017 ވަނަ އަހަރު މި މަރުކަޒުގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ގައި ކިޔަވައިދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ގަތުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ތާވަލުކޮށްފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުމަށް ދެންނެވީމެވެ. މިކަމާ ގުޅިންގެ ކުރެވުނު ނަންބަރު GS24/IUL/2016/44 (24 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބުތައް ފުރިހަމަނުވާތީ ވަނީ ބާޠިލުކުރެވިފައެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުއްވުން |
ތާރީޚު: 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަސް |
ތާރީޚު: 2016 ޑިސެންބަރު 28 ވާ ބުދަދުވަސް |
ގަޑި: ހެނދުނު 11:00 |
ގަޑި: ހެނދުނު 11:00 |
ތަން: ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.