މަސައްކަތް
ނަންބަރު: 57-T/IU/2017/2
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި:
18 ޖަނަވަރީ 2017 11:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތުގެ އިންޓީރިއަރ ޑިޒައިން ކުރުމަށް ކުރި 57-ޓީ/އައި.ޔޫ/20/2016 ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގު ބޮޑު ކަމަށް ފެންނާތީ އެ އިއުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 18 ވާ ބުދަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
11 ޖަނަވަރީ 2017