ދިވެހިރާއްޖެ
އިޢުލާން
މި އޮފީހުގެ ގއ. ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިއޮފީހުގެ ނަންބަރު: IUL)196-C/1/2016/104) އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހުގެ ގއ. ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ގއ. ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.
މިއޮފީހުގެ ގއ. ގޮފި ހިނގަމުންދަނީ ގއ. އަތޮޅު ކައުންސިލުގެ އިދާރާގެ ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003260 ފޯނާއި، ނުވަތަ ގއ. ގޮފީގެ ނަންބަރު: 6820002 ފޯނާ ގުޅުއްވުން އެދެމެވެ.
12 ރަބީޢުލްއާޚިރު 1438