ކުއްޔަށް ހިފުން
ނަންބަރު: 171-H3(PU)/IUL/2017/11
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި:
31 ޖަނަވަރީ 2017 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސަރވިސްްގެ ބޭނުމަށް 03 ކްލާސްރޫމްގެ އެޕާރޓްމަންޓެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސަރވިސްްގެ ބޭނުމަށް 03 ކްލާސްރޫމްގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި ނަންބަރު 171-H3(PU)/IUL/2017/05 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އެއިޢުލާން ބާތިލް ކުރުމަށްފަހު މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަކަށް އަލުން ހުޅުވާލަމެވެ.
- 03 ކްލާސްރޫމާއި ރިސެޕްޝަން އޭރިޔާއަކާއި، ފެސިލިޓީގައި ބޭނުންކުރެވޭގޮތަށް ކްލާސްރޫމްތަކުގެ ބޭރުގައި 03 ފާހާނާ ހުރުން
- ކޮންމެ ކްލާސް ރޫމެއްގައި މަދުވެގެން 25'×22' ) 550 އަކަފޫޓް ) ހުރުން'
- ރިސެޕްޝަން އޭރިއާގައި މަދުވެގެން 12'×15' ) 180 އަކަފޫޓް ) ހުރުން
ވީމާ މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން 2017 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ ނިއަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 50.00ރ (ފަންސާސް ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
- މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 ފެބުރުވަރީ 01 ވާ ބުދަ ދުވަހުގެ 13:30 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ 15:30ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް procurement@police.gov.mv އަށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2017 ފެބުރުވަރީ 08 ވާ ބުދަ ދުވަހުގެ 13:30 ގައި، މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ 15% އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
26 ޖަނަވަރީ 2017