ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އިންޝުއަރެންސް ޚިދުމަތް ފޯރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި 2017/3/އައި.ޔޫ/ޓީ-57 ނަންބަރ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 1 ފެބުރުވަރީ 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 5 ފެބުރުވަރީ 2017 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ އިސްވެ ދެންނެވިފައިވާ ވަގުތަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
1 ޖުމާދަލް އޫލާ 1438
29 ޖަނަވަރީ 2017