ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޕަބްލިކް ވަރކްސް ސަރވިސަސްއިން ށ.ފޭދޫގައި ކުރަމުންއައި މަސައްކަތް ނިމި އެ މަސައްކަތުގައި ބޭނުންކުރި ވެހިކަލްތަކާއި ބާޖް ކަފުޖަހައިގެން ށ.ފޭދޫއިން ރ.ކިނޮޅަހަށް ގެންދިއުމަށް ލޭންޑިންގ ކްރާފްޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ހުށަހަޅަންވީ ތަކެތި:
ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)
ށ- މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ (މި ބާވަތުގެ މަސައްތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިއުން.)
އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް
ހ- އަގު: 90 ޕޮއިންޓް
ޕޮއިންޓް = {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު) 90X}
ށ- މަސައްކަތު ތަޖުރިބާ: 10
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕަބްލިކް ވަރކްސް ސަރވިސަސް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ބިޑު ހުޅުވުން:
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ފެބުރުވަރީ 2017 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 ފެބުރުވަރީ 2017 ވާ އާދީއްތަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.
11 ޖުމާދުލްއޫލާ 1438