ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ކ.މާލެ އާއި ކ.ތިލަފުއްޓާއި ދޭތެރޭ ދަތުރުކުރުމަށް 40 މުވައްޒަފުންނާއި ބައެއް ތަކެތި އުފުލުމަށް 40 ފޫޓަށްވުރެ ކުޑަނޫން ދޯންޏެއް ( ފަޅުވެރިންނައި އެކު) 6 މަސްދުވަހަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.
އަގު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް:
ހ- އަގު (އެސްޓިމޭޓް) ހުށަހަޅުއްވަން ވާނީ ދުވަހަކަށް ވާ އަގެވެ.
ށ- އަގު ހުށަހަޅުއްވަން ވާނީ ޑީސަލްގެ ޚަރަދު ނުހިމައެވެ.
ށ- އަގު ހުށަހަޅުއްވަންވާނީ ޖުމްލަ އަގު އަދި ޖީ.އެސް.ޓީ އަގު ވަކިން އެނގޭ ގޮތަށެވެ.
ހުށަހަޅަންވީ ތަކެތި:
ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)
ށ- އަމިއްލަފާރާތެއްނަމަ އެފަރާތެއްގެ މަޢުލޫމާތު އެނގޭނެ ގޮތަށް ސީވީއާއި އައިޑީ ކާޑް ކޮޕީ އަދި އުޅަނދުގެ ރަޖިސްޓްރީ ކޮޕީ.
ނ- މަސައްކަތުގައި ފާއިތުވެދިޔަ 05 އަހަރު ދުވަހު ލިބިފައިވާ ތަޖުރިބާ (މި ގޮތުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2017 ގެ މި ދުވަހުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރު ތެރޭ ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތާއި ގުޅޭގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.) މި ގޮތުން މާކްސް ދެވޭނީ ގިނަވެގެން 05 ލިޔުމަށެވެ.
އަންދާސީ ހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް
ހ- އަގު: 80 ޕޮއިންޓް
ޕޮއިންޓް = {(އެންމެ ހެޔޮ އަގު) / (ހުށަހެޅި އަގު) 80X}
ށ- މަސައްކަތު ތަޖުރިބާ: 20 ޕޮއިންޓް
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 5
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 04 ލިޔުން = 15
ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 05 ލިޔުން = 20
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕަބްލިކް ވަރކްސް ސަރވިސަސް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ބިޑު ހުޅުވުން:
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 06 މާރިޗް 2017 ހޯމަ ދުވަހުގެ 12:30 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 މާރިޗް 2017 ހޯމަ ދުވަހުގެ 12:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.
02 ޖުމާދުލްއާޚިރް 1438