މަސައްކަތް
ނަންބަރު: (IUL)226-F/PRIV/2017/7
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 23 މާރިޗު 2017 11:00
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅުގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ ބީ.އޯ.ކިއު އަދި ކޮންޓްރެކްޓް އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހދ. އަތޮޅުގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް އެދޭފަރާތްތަކުން 2017 މާރިޗު 13 ވާ ހޯމަދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 މާރިޗު 23 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

         މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ.

05 މާރިޗު 2017