ދިވެހިރާއްޖެ
މިއިދާރާއިން ދޫކުރަމުންދާ އެއްގަމު ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެގެން ކުރި ނަންބަރު: (IUL)231-PR/231/2017/4 (18 ޖެނުއަރީ 2017) އިޢުލާނާއި ގުޅިގެން ބޭނުންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅައިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށްފީމެވެ. އަދި އެއްގަމު ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރއަކަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. |
|||
މަޤާމް |
އެގްޒަމިނަރ |
||
ކޮންޓްރެކްޓް މުއްދަތު |
1 (އެކެއް) އަހަރު |
||
މަސައްކަތްކުރަންޖެހޭ ތަން |
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ |
ބޭނުންވާ ޢަދަދު |
02 |
ސެކްޝަން/ޔުނިޓް |
ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ |
||
އުޖޫރަ (ދުއްވުމުގެ އިމްތިޙާނަށް އެގްޒަމިނަރަށް ލިބޭ ފީ) |
2 ފުރޮޅުލީ އުޅަނދުފަހަރަށް -/15 ރުފިޔާ 4 ފުރޮޅުލީ އުޅަނދުފަހަރަށް -/25 ރުފިޔާ 4 ފުރޮޅަށްވުރެން ގިނަ ފުރޮޅުލީ އުޅަނދުފަހަރަށް -/40 ރުފިޔާ |
||
ޝަރުޠު |
- A1 - B1 - C1 - A0 - B2 - C2
|
||
މައިގަނޑު މަސްއޫލިއްޔަތު |
1- ޓްރާންސްޕޯރޓް އޮތޯރިޓީ އިން އާޢްމުކުރައްވާފައިވާ "އެއްގަމުގައި ދުއްވާ އެއްޗެތި ދުއްވުމުގެ ޓެސްޓްދޭ އެގްޒަމިނަރުން ޓެސްޓް ދިނުމުގައި ޢަމަލުކުރަންވީގޮތް" އުޞޫލާއި އެއްގޮތަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދޫކުރާ އެއްގަމުގައި ދުއްވާ އެއްޗެތީގެ ޑްރައިވިންގ ޓެސްޓްގެ ކަންކަން ކުރިޔަށް ގެންދިއުން. 2- ކޮންމެ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އާއި ދެމެދު ދުއްވުމުގެ ޓެސްޓް މިއިދާރާއިން އަންގާ ގޮތެއްގެ މަތިން ބޭއްވުން ނޯޓް: "އެގްޒަމިނަރުންގެ ގައިޑްލައިން" ޓްރާންސްޕޯރޓް އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. |
||
ޚިދުމަތް ދޭ ގަޑި |
ކޮންމެ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް |
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
16 މާރޗް 2017 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށް |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
||
މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް |
- ޖިސްމާނީ ގާބިލްކަން (ޖިސްމާނީ ޤާބިލްކަން ސާބިތުކުރުމުގައި ،ޑޮކްޓަރގެ މެޑިކަލް ރިޕޯޓް އަށް ބެލޭނެއެވެ.) - ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއެކު ކަނޑައެޅިފައިވާ ވަގުތުތަކުގައި މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން. |
||
އިންޓަރވިއު ކުރާނެ ތާރީޚާއި، ތަން |
އެގްޒަމިނަރ ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 23 މާރޗް 2017 އާއި 06 އޭޕްރީލް 2017 އާއި ދެމެދު ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާ ގައެވެ. |
||
ނޯޓް |
- މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. - ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. |
||
މަޢުލޫމާތު ސާފުކުރެއްވުމަށް 6620331 ނުވަތަ 6620261 އާއި ގުޅުއްވުން ފެކްސް ނަމްބަރ 6620043 |