ދިވެހިރާއްޖެ
މިއޮފީހުގެ މުވައްޒަފުން ބޭތިއްބުމަށް އެއްކޮޓަރީގެ ގެއެއް ނުވަތަ އެޕަރޓްމެންޓެއް ކ.ތުލުސްދޫއިން ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2017/05 އިޢުލާނަށް މަޢުލޫމާތު ސާފުކުރަން އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 13 މާރިޗު 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް ކ.ތުލުސްދޫ ކަސްޓަމްސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކ.ތުލުސްދޫ ކަސްޓަމްސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
09 ޖުމާދަލްއާޚިރާ 1438
08 މާރިޗު 2017