ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-HR/1/2017/9
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2017
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 21 މާރިޗު 2017 13:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޓީޗަރ އެޑިޔުކޭޓަރ

އިޢުލާނު

މަޤާމް:

ޓީޗަރ އެޑިޔުކޭޓަރ

މަޤާމުގެ ނަންބަރު:

J-233867

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

ސެކްޝަން:

ސްކޫލް އޮފް ޓީޗަރ ޑިވަލޮޕްމަންޓް

މަޤާމް އޮތް އޮފީސް:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ށ.އަތޮޅު ޓީ.އާރ.ސީ، ނ.އަތޮޅު ޓީ.އާރ.ސީ، ދ.އަތޮޅު ޓީ.އާރ.ސީ، ތ.އަތޮޅު ޓީ.އާރ.ސީ، ލ.އަތޮޅު ޓީ.އާރ.ސީ، މީގެތެރެއިން ކޮންމެވެސް އެއް ޓީ.އާރ.ސީއެއްގައި)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އަތޮޅުގެ ސްކޫލްތަކުގެ އުނގެނުމާއި އުނގަންނައިދިނުމާބެހޭ ބޭނުންތައް ދެނެގަތުމާއެކު ހިންގަން ބޭނުންވާ ޙަރަކާތްތައް ކަމާބެހޭ ފަރާތްތަކުގެ ލަފައާއި އިރުޝާދުގެ ދަށުން ރޭވުން. މިގޮތުން އަހަރަކު މަދުވެގެން 05 މަސައްކަތު ބައްދަލުވުން ރާވާ ހިންގުން.

2- ހިންގަން ބޭނުންވާ ޙަރަކާތްތަކާބެހޭ އަހަރީ ވާރކްޕްލޭން، ލަފާކުރާ ޚަރަދާއެކު ތައްޔާރުކުރުން. އަދި މި ޕްލޭންގައިވާ ކަންކަމަށް ޕްރޮޕޯޒަލް، ބަޖެޓް ބްރޭކްޑައުންއާއެކު ތައްޔާރުކޮށް، އެޙަރަކާތެއް ފެށުމުގެ 2 ހަފުތާކުރިން، އެންއައިއީ ނުވަތަ ކަމާގުޅޭ ފަރާތަށް ހުށަހެޅުން.

3- އަހަރީ ޕްލޭންގައި ހިމެނޭ ކަންކަން، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއި އެހީތެރިކަން ހޯދާ، އެކަންކަން ވިލަރެސްކޮށް، ހިންގުން.

4- އުނގެނުމަށް ފަހި މާޙައުލެއް ޤާއިމް ކުރުމަށް ބޭނުންވާ ފަންނީ އެހީއާއި އެހެނިހެން ވަޞީލަތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުން

5- ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގާ ޙަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަތޮޅުގެ ސްކޫލްތަކަށް ކޮންމެ އަހަރަކު މަދުވެގެން 1 ފަހަރު ޒިޔާރަތްކޮށް، ކިޔަވައިދިނުމާބެހޭ މަސައްކަތްތައް ބަލައި، ފީޑްބެކް ދިނުން 

6- ސްކޫލްތަކުގެ ފަންނީ ކަންކަމާ ގުޅުންހުންނަ މަޢުލޫމާތާއި ޑާޓާ އެއްކުރުމާއި ހިންގާ ޕްރޮގްރާމްތަކާގުޅޭ މަޢުލޫމާތު ފަސޭހައިން ލިބޭގޮތަށް ބެލެހެއްޓުން

7- ޓީ.އާރ.ސީ ހުންނަ ސްކޫލްގެ  ހުރިހާ ޓީޗަރުން މަދުވެގެން އަހަރަކު 2 ފަހަރު އޮބްޒާވްކޮށް، ފީޑްބެކްދިނުމާއި ޓީޗަރުންގެ ކިޔަވައިދިނުން ހުންނަ ގޮތް އެނގޭނެ ގޮތަށް ވަކިވަކި ޓީޗަރުންގެ ޓީޗިންގ ޕޯޓްފޯލިއޯ ތައްޔާރުކޮށް އެ ފައިލްތައް ބެލެހެއްޓުން.

8- ޓީ.އާރ.ސީ ހުންނަ ސްކޫލްގެ ކުލާސްރޫމްގައި ކޮންމެ އަހަރަކު މަދުވެގެން 10 ނަމޫނާ ފިލާވަޅު ނަގައިދިނުން.

9-      ހިންގާ ފަންނީ މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

ހ- ހިންގާ ޙަރަކާތްތަކާގުޅޭ ރިޕޯޓެއް، އެޙަރަކާތެއް ހިންގާ ނިމޭތާ ގިނަވެގެން 2 ހަފުތާ ތެރޭގައި އެން.އައި.އީ އަށް ފޮނުވުން. އަދި މިފަދަ ރިޕޯޓްތަކާއި އެހެނިހެން ފަންނީ ލިޔެކިޔުންތައް ބެލެހެއްޓުން.

ށ- ހިންގާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސްކޫލްތަކަށް އެންގުމާއި މިކަމާބެހޭ ރެކޯޑްތައް ބެލެހެއްޓުން.

ނ- ދިރާސީ އަހަރު ނިމުމުން އެއަހަރުގެ މަސައްކަތްތައް ހިނގާދިޔަގޮތުގެ މައްޗަށް ބިނާކޮށް އަހަރީ ރިޕޯޓް ތައްޔާރުކޮށް އެން.އައި.އީ އަށް ފޮނުވުން

10- ޓީ. އާރ. ސީ ގެ ވަޞީލަތްތައް ބެލެހެއްޓުން

ހ- ޓީ.އާރ.ސީގެ މަރާމާތު ކުރުމަށް ބޭނުންވާ ތަކެއްޗާއިބެހޭ މަޢުލޫމާތު ސްކޫލްގެ އިސްވެރިޔާއަށް އެންގުން

ށ- ޓީ.އާރ.ސީ ގައި ޤާއިމް ކުރެވިފައިވާ ވަޞީލަތްތައް ބޭނުންކުރެވޭގޮތް މޮނިޓަރކޮށް ރެކޯޑް ކުރުން

ނ- ޓީ.އާރ.ސީ ގައި ހުންނަ ވަޞީލަތްތައް އެންމެ ފައިދާ ކުރަނިވިގޮތުގައި އަތޮޅުގެ ސްކޫލްތަކަށް ބޭނުންކުރެވޭނެ އުޞޫލެއް ހަމަޖައްސައިގެން މަސައްކަތް ކުރިޔަށް ގެންދިޔުން

މަޤާމުގެ ކްލެސިފިކޭޝަނާއި،ރޭންކާއި،އަސާސީ ޝަރުޠާއި،އަސާސީ މުސާރައާއި،ސަރވިސް އެލަވަންސް:

މަޤާމް

 

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުތު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/7،035 ރުފިޔާ

މަހަކު -/3،500 ރުފިޔާ

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުތު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/7،875 ރުފިޔާ

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުތު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/8،835 ރުފިޔާ

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުތު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/9،890 ރުފިޔާ

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުތު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/11،065 ރުފިޔާ

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުތު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/12،400 ރުފިޔާ

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުތު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/13،890 ރުފިޔާ

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުތު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/15،560 ރުފިޔާ

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން 

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަރވިއުއާއި ޕްރެކްޓިކަލް ޓެސްޓުން.

ރ. ސިވިލްސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުތު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nie.edu.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މާރިޗު 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ޢާޒީ ބިލްޑިންގ 02 ވަނަ ފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، administrator@nie.edu.mv  އެވެ. ފެކްސް ނަންބަރަކީ، 3323243 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ،  22 މާރިޗު 2017  އާއި 30 މާރިޗު 2017 އާ ދެމެދު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30% 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މަރުކަޒުގެ ނަންބަރު 3323242 ފޯނަށް ގުޅުއްވުން އެދެމެވެ.  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323242 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3323243 އެވެ. އީ-މެއިލް ކުރާނީ administrator@nie.edu.mv  އަށެވެ.

14 ޖުމާދަލްއާޚިރާ 1438

13 މާރިޗު 2017