ދިވެހިރާއްޖެ
ނަންބަރު: MREIC/IU/2017/0001
އިޢުލާން
15 ފަންގިފިލާގެ ޢިމާރާތެއް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުން:
މި ކުންފުނީގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، 15 ފަންގިފިލާގެ ޢިމާރާތެއް މި ކުންފުނިން ހުށަހަޅާ ކޮންސެޕްޓާއި އެއްގޮތަށް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މާރޗް 22 ވާ ބުދަ ދުވަހު 10:00 އަށް، މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2017 މާރޗް 27 ވާ ހޯމަ ދުވަހު 14:00 ގައެވެ. އަންދާސީހިސާބު ހުށައަޅުއްވަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 3001215 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
20 ޖުމާދަލްއާޚިރު 1438
19 މާރޗް 2017