ދިވެހިރާއްޖެ
ނަންބަރު: MREIC/IU/2017/0005
މަސައްކަތް
މޭނާ ގިމަތަ (ހުޅުމާލެ ޓާރމިނަލް) ގެ ވޯކްވޭ ހިޔާކޮށްދޭނެ ފަރާތެއް ހޯދުން:
މޭނާ ގިމަތަ (ހުޅުމާލެ ޓާރމިނަލް) ގެ ވޯކްވޭ ހިޔާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޭޕްރިލް 17 ވާ ހޯމަ ދުވަހު 14:00 އަށް، މިކުންފުނީގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2017 އޭޕްރިލް 20 ވާ ބުރާސްފަތި ދުވަހު 14:00 ގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީ ހިސާބަށް ވުރެ ގިނަ އަންދާސީ ހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 3001222 ނުވަތަ 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
14 ރަޖަބު 1438
11 އޭޕްރިލް 2017