ދިވެހިރާއްޖެ
MOC/IUL/2017/001
އިޢުލާން
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިންތިޚާބް 2017
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ އިންތިޚާބް 05 މެއި 2017 ވަނަ ދުވަހުގައި ބާއްވާގޮތައް ވަނީ ހަމަޖެހިފައެވެ. ވީމާ، ހިންގާ ކޮމިޓީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މެމްބަރު ޖަމްއިއްޔާ ތަކުން ނަން ހުށަހެޅުމަށް ދަންނަވަމެވެ.
1- ރައީސް
2- ނާއިބު ރައީސް
3- ސެކްރެޓަރީ ޖެނެރަލް
4- ހަޒާންދާރު
5- އޮލިމްޕިކް ޓީމް ސްޕޯރޓްސް (ދެ މަޤާމް)
6- އޮލިމްޕިކް އިންޑިވިޖުއަލް ސްޕޯރޓްސް (ތިން މަޤާމް)
7- ނޮން އޮލިމްޕިކް ސްޕޯރޓްސް (ދެ މަޤާމް)
8- އަންހެން މެމްބަރުން (ދެ މަޤާމް)
މި މަޤާމް ތަކަށް ކުރިމަތި ލައްވަން ބޭނުންވާ ފަރާތްތަކުން މިކޮމިޓީގެ މެމްބަރު ޖަމިއްޔާއެއް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅުއްވާނީ ފޯމްގައި ބަޔާން ކޮށްފައިވާ ގޮތައް އިލެކްޓޯރަލް ކޮމިޓީ ގެ ޗެއާރމަން އަށް އެޑްރެސް ކޮށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (ހ. ރަސްމީ ބޯޅަގެ، ދެވަނަ ފަންގިފިލާ، އަބަދައްއުފާ މަގު، މާލޭ/ދިވެހިރާއްޖެ) އަށެވެ.
އެޕްލިކޭޝްން ފޯމް 1, 2 އަދި ވޯޓާ ރަޖިސްޓްރޭޝަން ފޯމް، 13 އޭޕްރިލް 2017 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 1000 – 1500 އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އިން ލިބެންހުންނާނެއެވެ. އެޕްލިކޭޝްން ފޯމް 1 އަދި 2 ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 23 އޭޕްރިލް 2017 ވާ އާދީއްތަ ދުވަހުގެ 1500 ގެ ކުރިންނެވެ. އަދި ވޯޓަރސް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 03 މެއި 2017 ވާ ބުދަ ދުވަހުގެ 1500 ގެ ކުރިންނެވެ.
ފޯމްތައް ބަލައިގަނެވޭނީ ފޯރމްގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓެއް އެޕްލިކޭޝަން ފޯމް އާއިއެކު ހުށަހަޅާފައިވާނަމެވެ.
އިތުރު މައުލޫމާތް ބޭނުންފުޅު ނަމަ 3346640 ނަންބަރ ފޯނާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.