ތަމްރީނު
ނަންބަރު: VAM/MIS-I/2017/225
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2017
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި:
27 އޭޕްރިލް 2017 15:00
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޭޝިއަން ވޮލީބޯލް ރެފްރީސް ކޯހުގައި ބައިވެރި ވުމާއި ބެހޭ
އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަންއިން ހިންގުމަށް ހަމަޖެހިފައިވާ އޭޝިއަން ވޮލީބޯލް ރެފްރީސް ކޯހަށް ދިވެހިރާއްޖޭގެ 2 ރެފްރީއަކު ފޮނުވުމަށް ވަނީ ފުރުސަތު ލިބިފައެވެ. 2017 މެއި 23 އިން 29 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ރެފްރީއިންގެ ތެރެއިން ޝައުގުވެރިވާ ރެފްރީއިން 27 އެޕްރީލް 2017 ވާ ބުރާސްފަތި ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަންއަށް ސިޓީއަކުން ދެންނެވުން އެދެމެވެ.
ޝަރުތު: އުމުރުން 25 އަހަރުވެ، 2015 ވަނަ އަހަރުގެ ކުރިން މިއެސޯސިއޭޝަންގައި ރެޖިސްޓްރީވެ ހިދުމަތް ލިބެމުންދާ ރެފްރީއެއް ކަމުގައިވުން.
ކެންޑިޑޭޓުން ހޮވުމުގައި ބަލާނެ ކަންތައްތައް: ރެފްރީކަން ކުރުމުގެ ތަޖުރިބާ އާއި ލިބިފައިވާ ހުނަރާއި އިލްމު އަދި ވޮލީބޯޅައިގެ ޤަވާއިދު އިނގޭ މިންވަރު.
25 އޭޕްރިލް 2017