ދިވެހިރާއްޖެ
ނަންބަރު: MREIC/IU/2017/0008
ވަޒީފާގެ ފުރުސަތު
މުވައްޒަފުން ބޭނުންވެއްޖެ:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
|
މަޤާމް |
އަދަދު |
ޝަރުތު |
އަސާސީ މުސާރަ |
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް |
1 |
ކާޕެންޓަރ |
6 |
|
3010.00 ރ |
ކުންފުނީގެ ފަރާތުން ކުރާ މަސައްކަތްތަކުގައި ކުރަންޖެހޭ އެންމެހާ ވަޑާމުގެ މަސައްކަތް ދެވޭ ތަފްސީލާއި އެއްގޮތަށް ކުރުން، |
2 |
ގާޑްނަރ |
3 |
|
3010.00 ރ |
ކުންފުނީގެ ފަރާތުން ކުރާ މަސައްކަތްތަކުގައި ކުރަންޖެހޭ އެންމެހާ ގަސް ހެއްދުމާއި ގުޅުންހުރި މަސައްކަތް ދެވޭ ތަފްސީލާއި އެއްގޮތަށް ކުރުން، |
3 |
ޕެއިންޓަރ |
5 |
|
3010.00 ރ |
ކުންފުނީގެ ފަރާތުން ކުރާ މަސައްކަތްތަކުގައި ކުރަންޖެހޭ އެންމެހާ ދަވާދުލުން އަދި ކުލަލުމުގެ މަސައްކަތް ދެވޭ ތަފްސީލާއި އެއްގޮތަށް ކުރުން، |
4 |
ވެލްޑަރ |
5 |
|
3010.00 ރ |
ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ ވެލްޑިންގ ގެ މަސައްކަތްތަކާއި، މެކޭނިކަލް މަސައްކަތްތައް ދެވޭ ތަފްސީލާއި އެއްގޮތަށް ކުރުން، މަސައްކަތަށް ބޭނުންވާ އިކްއިޕްމަންޓްތަކާއި މެޝިނަރީތައް ސަރވިސްކޮށް/ މަރާމާރުކޮށް ރަނގަޅަށް ބެލެހެއްޓުން |
5 |
މެކޭނިކް (އެއަރކޮންޑިޝަން) |
3 |
|
3010.00 ރ |
|
6 |
އިލެކްރީޝަން |
4 |
|
3010.00 ރ |
ކުންފުނީގެ ފަރާތުން ކުރާ މަސައްކަތްތަކުގައި ކުރަންޖެހޭ އެންމެހާ ކަރަންޓާއި ގުޅުންހުރި މަސައްކަތްތައް ދެވޭ ތަފްސީލާއި އެއްގޮތަށް ކުރުން، |
7 |
ލޭބަރ |
145 |
|
1825.00 ރ |
ކުންފުނީގެ ފަރާތުން ކުރާ މަސައްކަތްތަކުގައި ކުރަންޖެހޭ އެންމެހާ ލޭބަރު މަސައްކަތް ސުޕަވައިޒަރުން އަންގާ ގޮތުގެ މަތިން ކުރުން |
8 |
ސެކިއުރިޓީ ގާޑް |
40 |
|
1825.00 ރ |
ކުންފުނިން ހަވާލުކުރާ ސައިޓުގައި ހުންނަ ވެހިކަލްތަކާއި އޮފީސް އިމާރާތްތައް ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން
|
9 |
ސެކިއުރިޓީ އޮފިސަރ |
10 |
|
2610.00 ރ |
ކުންފުނިން ހަވާލުކުރާ ސައިޓުގައި ހުންނަ ވެހިކަލްތަކާއި އޮފީސް އިމާރާތްތައް ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފަރުވާތެރިކަމާއި އެކު ބެލެހެއްޓުން ސެކިއުރިޓީ ގާޑުންގެ ޑިއުޓީ ސުޕަވައިކުރުން
|
10 |
ޓައިލްސް މޭސަން (ޓައިލަރ) |
5 |
|
3010.00 ރ |
ކުންފުނީގެ ފަރާތުން ކުރާ މަސައްކަތްތަކުގައި ކުރަންޖެހޭ އެންމެހާ ޓައިލްސް ޖެހުމާއި ގުޅުންހުރި މަސައްކަތް ދެވޭ ތަފްސީލާއި އެއްގޮތަށް ކުރުން، |
11 |
ސަރވިސް އެސިސްޓެންޓް (އޮފީސް ބޯއި) |
5 |
|
1825.00 ރ |
ކުންފުނީގެ އަންގާ ގޮތުގެ މަތިން ކުންފުނީގެ ފަރާތުން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެއްޗާއި ލިޔެކިއުން އެފަރާތްތަކަށް ރައްދުކޮށްދިނުން އަދި ކުންފުނިން އަންގާ އެކި މަސައްކަތްތައް ކުރުން |
12 |
މޭސަން ސްޓުކޯ |
6 |
|
3010.00 ރ |
ކުންފުނީގެ ފަރާތުން ކުރާ މަސައްކަތްތަކުގައި ކުރަންޖެހޭ އެންމެހާ ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތް ދެވޭ ތަފްސީލާއި އެއްގޮތަށް ކުރުން، |
- އެހެނިހެން އެލަވަންސް / އިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެ މަތީން ސާރވިސް އެލަވަންސް / އިތުރުގަޑީގެ ފައިސާ / ކޮއްތު ފައިސާ /
ހެލްތް އިންޝުއަރެންސް ލިބިދެވޭނެއެވެ.
ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 07 މެއި 2017ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.
ފެކްސް ނަމްބަރ: 3001422
އީމެއިލް: info@mreic.com.mv
ނޯޓް: ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓުހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
01 ޝައުބާން 1438
27 އޭޕްރިލް 2017