ދިވެހިރާއްޖެ
ނަންބަރު: MREIC/IU/2017/0009
ވަޒީފާގެ ފުރުސަތު
މުވައްޒަފުން ބޭނުންވެއްޖެ:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ މުވައްޒަފުން ބޭނުންވެއެވެ.
މަޤާމް: އެކައުންޓަންޓް
ބޭނުންވާ އަދަދު: 01
ޢަސާސީ މުސާރަ ރޭންޖް: 7800.00ރ.
ސަރވިސް އެލަވަންސް: 2000.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް
ޝަރުތު: ޕްރޮފެޝަނަލް ކޮލިފިކޭޝަން: އޭސީސީއޭ ، ސީމާ، ސީޕީއޭ. ފުރިހަމަކޮށްފައިވުން ނުވަތަ ބެޗްލާރސް ޑިގްރީ އިން ފައިނޭންސް، ނުވަތަ އެކައުންޓިންގް ހަދައިފައިވުން.
މަތީގައި ދެންނެވިފައިވާ ސަނަދު އޮތުމާއެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 5-2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
އައި އޭ އެސް އަދި އައި އެފް އާރ އެސް ސްޓޭންޑަރޑްތަކަށް ފަރިތަވުމާއެކު ދިވެހިރާއްޖޭގެ ގާނޫނުތަކާ އުސޫލުތަކާ އެގޮތް ވާގޮތުގެ މަތިން މި ސްޓޭންޑަންތަށް އެޕްލައިކުރަން އެނގުން.
ރާއްޖޭގެ ވިޔަފާރީގެ އުސޫލުތަކާ ކުންފުނިތަށް އޮޕަރޭޓްކުރާގޮތާ ވިޔަފާރީގެ ވައްޓަފާޅިޔާ ދިވެހިރާއްޖޭގެ ޓެކްސް ގާނޫނާ އެހެނިހެން ގާނޫނު ތަކާއެއްގޮތަށް މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރުމާއެކު މި ކަންކަމަށް ރިއާއަތްކޮށް އެކައުންޓްތަށް ބެލެހެއްޓުމުގެ ގާބިލުކަން ހުރުން.
އެކައުންޓިންގެ އުސޫލުތަކާއި މިންގަނޑުތަކާއި ފައިނޭންޝަލް މެނޭޖްމަންޓް އަދި ބޭންކިންގެ ނިޒާމް ހިންގާގޮތުގެ މައުލޫމާތު ލިބިފައި ވުމާއިއެކު އެފަދަ ނިޒާމްތަށް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.
އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ފައިނޭންޝަލް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ރިޕޯރޓިންގ، ފައިނޭންޝަލް ރެކޯރޑްތައް، އިންކަމް އާއި އެކްސްޕެންސްތަކުގެ ތަފްޞީލް/އެކައުންޓިންގ ޑޮކިއުމަންޓްސް ބެލެހެއްޓުމާއި ކޮމްޕައިލްކުރުން.
މަޤާމް: ޕްރޮޖެކްޓް މެނޭޖަރ
ބޭނުންވާ އަދަދު: 01
ޢަސާސީ މުސާރަ ރޭންޖް: 7800.00ރ.
ސަރވިސް އެލަވަންސް: 2000.00ރ..
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް
ޝަރުތު: ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ސިވިލް އިންޖީނިއަރިންގ ބެޗްލަރސް ޑިގްރީ ހާޞިލްކޮށްފައިވުން
މަތީގައި ދެންނެވިފައިވާ ސަނަދު އޮތުމާއެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 2-5 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
މަސައްކަތް ކޯރޑިނޭޓް ކުރުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ދަށުން ބަލަހައްޓާ އެންމެހައި ޕްރޮޖެކްޓްތައް ރާވައި ހިންގުން.
މަޤާމް: ސިވިލް އިންޖީނިއަރ
ބޭނުންވާ އަދަދު: 01
ޢަސާސީ މުސާރަ ރޭންޖް: 7800.00ރ.
ސަރވިސް އެލަވަންސް: 2000.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް
ޝަރުތު: ސިވިލް އިންޖީނިއަރިންގ ދާއިރާ އިން ބެޗެލަރސް ޑިގްރީ ހާޞިލްކޮށްފައިވުން.
މަތީގައި ދެންނެވިފައިވާ ސަނަދު އޮތުމާއެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 2-5 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.
މަސައްކަތް ކޯރޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ދަށުން ހިންގާ އެންމެހައި ޕްރޮޖެކްޓްތަކުގެ އިންޖީނިއަރިންގ ޑިޒައިން މަސައްކަތްތައް ކުރުން.
މަޤާމް: އެސިސްޓެންޓް އެކައުންޓްސް އޮފިސަރ
ބޭނުންވާ އަދަދު: 01
ޢަސާސީ މުސާރަ ރޭންޖް: 5500.00ރ.
ސަރވިސް އެލަވަންސް: 1000.00ރ.
އެހެނިހެން އެލަވަންސް/އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް
ޝަރުތު: ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އިންގުން.
ދިވެހި އަދި އިނގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
މަސައްކަތް ކޯރޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ކުންފުނީގެ ފައިނޭންސް ސެކްޝަންގެ އަމަލީ ގޮތުންނާއި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 10 މެއި 2017ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.
ފެކްސް ނަމްބަރ: 3001422
އީމެއިލް: hr@mreic.com.mv
ނޯޓް:ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓުހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
04 ޝައުބާން 1438
30 އޭޕްރިލް 2017