ދިވެހިރާއްޖެ
`
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
ތާރީޚް: 08 މޭ 2017 ނަންބަރު: (IUL)428-SDQ/1/2017/4
ވަޒީފާގެ ފުރުޞަތު
މަޤާމް: ނާރސިންގް ޓިއުޓަރ
މައްދާ: އިންޓްރޮޑަކްޝަން ޓު މެޓާރނަލް އެންޑް ޗައިލްޑް ހެލްތް ނާރސިންގ
ބޭނުންވާ އަދަދު: 1
މުސާރަ : ކިޔަވައިދޭ ކޮންމެ ގަޑިއަކަށް 200 (ދުއިސައްތަ ރުފިޔާ)
ވަޒީފާއޮތް އޮފީސް: ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ
ގިންތި: ވަގުތީ
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަށް:
- ހަވާލު ކުރެވިފައިވާ މާއްދާ ކިޔަވައި ދިނުމަށް ބޭނުންވާ މެޓީރިއަލްތައް ތައްޔާރުކޮށް، ދީފައިވާ ޓައިމްޓޭބަލާ އެއްގޮތަށް މަދުވެގެން ދުވާލަކު 2 ގަޑި އިރު އޮންލައިންކޮށް ކިޔަވައިދީ، އެސެސްމެންޓް ހަވާލުކޮށް، އެސެސްމެންޓްތައް މާރކްކޮށް ފީޑްބެކް ދިނުން.
މަޤާމުގެ ޝަރުތުތައް:
- ޑިޕްލޮމާ އިން ނާރސިންގ ނުވަތަ މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއިން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
- ކިޔަވައިދިނުމުގެ ދާއިރާއިން ސަރޓްފިކެޓް އޮތުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާ އިން ތަޖުރިބާ ލިބިފައިވުން
- މީގެ އިތުރުން އެކަޑަމިކް ރައިޓިންގ އާއި ކޮމްޕިއުޓަރ ސްކިލްސް އަދި ކޮމިއުނިކޭޝަން ސްކިލްސް ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
އިންޓަރވިއު ކުރުން.
ހ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
- މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަމްބަރާއެކު) ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
(ހ)- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ)- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓިފެކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓްތަކުގެ ކޮފީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކށްފައިވާ އިދާރާތަކުން ދުކޮށްފަވާ ލިޔުންތަކުގެ ކޮޕީ
(ހ)- ސިވިސް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ)- އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮސްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމު ޓިވެޓް އޮތޯރިޓީ (ޣާޒީ ބިލްޑިންގެ ގްރައުންޑް ފުލޯރއިން) ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (www.tvet.gov.mv) މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޓިވެޓް އޮތޯރިޓީ (ޣާޒީ ބިލްޑިންގެ ގްރައުންޑް ފުލޯރ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
އީ-މެއިލް އެޑްރެހަކީ، info@tvet.gov.mv އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަރވިއު ކުރުން.
ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 14މެއި އިން 16 މޭ 2017 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ޝޯޓްލިސްޓް ކުރުން
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސަތަ:
30%
އިތުރު މަޢުލޫމާތު ހޯދުމަށް:
މި އިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކިރުމަށް ގުޅާނީ 3341315 ނަންބަރ ފޯނާއެވެ. އީ- މެއިލް ކުރާނީ info@tvet.gov.mv އަށެވެ.