މަސައްކަތް
ނަންބަރު: (IUL)451-FP/1/2017/19
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2017
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 13 ޖޫން 2017 10:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބް ބޭނުންވެއްޖެ.

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީރިތި ޤުރުއާން މާއްދާގެ ކީ ސްޓޭޖް  4 (ގްރޭޑް9،10)، އާއި ކީ ސްޓޭޖް  5 (ގްރޭޑް 11، 12) ގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް ލިޔެ، ފޮތްތަކުގެ މަސައްކަތް ސްޕަރވައިޒް ކުރުމާއި، މަސައްކަތް ދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބައްލަވައި އިސްލާޙުކޮށް ދެއްވާނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ،  މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގ 02ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

 2017 ޖޫން 06 ވަނަ ދުވަހުގެ 10:30 ށް

2017 ޖޫން 13 ވަނަ ދުވަހުގެ 10:30 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3023511ނަމްބަރ ފޯނާއެވެ.

03 ރަމަޟާން 1438

29 މޭ 2017