ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ލެބޯޓްރީ އެސިސްޓެންޓްގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި މި މަދަރުސާއިން ކޮށްފައިވާ GS 33/2017/13 ނަންބަރުގެ އިޢުލާނުގައި ޝޯޓްލިސްޓް ކުރުމާއި މަޤާމަށް ހޮވުމަށް އެންމެ ދަށްވެގެން ހޯދަންޖެހޭ އިންސައްތަ ހިމެނިފައި ނުވާތީ އެ އިޢުލާން ބާޠިލްކުރުމަށްފަހު އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ. |
މަޤާމް: ލެބޯރެޓަރީ އެސިސްޓެންޓް މަޤާމުގެ ނަންބަރު: J-265919 މަޤާމުގެ ގިންތި: ދާއިމީ ބޭނުންވާ އަދަދު: 01 ރޭންކް: ޖީ.އެސް 03 (ޖެނެރަލް ސަރވިސް 3) ކްލެސިފިކޭޝަން : އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ވަޒީފާއަދާކުރާ ސެކްޝަން: އެކަޑެމިކް ވަޒީފާއޮތް އޮފީސް: ބ.އަތޮޅުމަދަރުސާ ވަޒީފާއަދާކުރަންޖެހޭ ތަން: ބ.އަތޮޅުމަދަރުސާ، ބ. ދަރަވަންދޫ މުސާރަ : -/4465 ރުފިޔާ ސަރވިސް އެލަވަންސް: -/1500 ރުފިޔާ ގިންތި : ދާއިމީ އެހެނިހެން އިނާޔަތް: 1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާއުސޫލުންބޭސްފަރުވާގެޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަންކޮންޓްރިބިއުޝަން. 3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެފައިސާ.
ދާއިރާ:- - ސައިންސްސްޓްރީމް ހަދާފައިހުރުން -ލެބޯޓްރީއާއިގުޅޭކޯސްތައް
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
ޝަރުތު: ލެބޯޓަރީ މަސައްކަތާއި ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެއޮނިގަނޑުލެވެލް3 ގެސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ލެބޯޓަރީ މަސައްކަތާއި ގުޅޭދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެތަޖުރިބާ ލިބިފައިވުން. ނުވަތަ
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ހާސިލުކޮށްފައިވާތަޢުލީމާއިތަމްރީނަށްބަލައިގެން. - މަސައްކަތުގެދާއިރާއިންލިބިފައިވާތަޖުރިބާއަށްބަލައިގެން. - ޤާބިލުކަންކަށަވަރުކުރުމަށްއިންޓަވިއުކޮށްގެން.
ހުށަހަޅަންޖެހޭ ލިޔުންތައް:
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައިވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
ވަޒީފާއަށް އެދޭފޯމު މިމަދަރުސާގެއޮފީހުގެކައުންޓަރުންލިބެންހުންނާނެއެވެ. އަދި www.csc.gov.mv ވެބްސައިޓުންމިފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތިހުށަހަޅާނީ19 ޖޫން 2017 ވާ ހޯމަ ދުވަހުގެ 12:00 ގެކުރިން، މި މަދަރުސާގެ އޮފީހުކައުންޓަރަށެވެ. ވަޒީފާއަށްއެދޭފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލްއެޑްރެހަކީ ، admin@batollschool.edu.mvއެވެ. އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަރވިއު ކުރުން ހ. އިންޓަރވިއު ކުރުން އޮންނާނީ 20 ޖޫން 2017 އާއި، 21 ޖޫން 2017 އާއި ދެމެދު ބ. އަތޮޅުމަދަރުސާގައެވެ. ވުމާއި އެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: % 30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
އިތުރު މައުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ބ. އަތޮޅުމަދަރުސާގެ ނަންބަރު: 6600034 ފޯނާ ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6600035 އެވެ. އީމެއިލް ކުރާނީ admin@batollschool.edu.mv އަށެވެ.
16 ރަމަޟާން 1438
|