ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)451-FP/1/2017/26
ޕަބްލިޝްކުރި ތާރީޚް: 13 ޖޫން 2017
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 18 ޖޫން 2017 00:00
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޤުރުޢާން ފޮތްތަކުގެ މަސައްކަތް ސްޕަރވައިޒް ކުރުމާއި، މަސައްކަތް ދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބައްލަވައި އިސްލާޙުކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް

މަދްރަސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ކީރިތި ޤުރުއާން މާއްދާގެ ކީ ސްޓޭޖް  4 (ގްރޭޑް9،10)، އާއި ކީ ސްޓޭޖް  5 (ގްރޭޑް 11، 12) ގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތަކުގެ މަސައްކަތް ސްޕަރވައިޒް ކުރުމާއި، މަސައްކަތް ދަނީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބައްލަވައި އިސްލާޙުކޮށް ދެއްވާނެ ފަރާތެއް ހޯދުމަށް މި އިންސްޓިޓިއުޓުން ކުރެވުނު ނަންބަރު: 1/2017/19/(IUL)451-FP އިޢުލާނަން އެކަށޭނަ އިޖާބައެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލް ކުރަމެވެ. އަދި މިކަން ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ،  މިކަންކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގ 02ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

 2017 ޖޫން 18 ވަނަ ދުވަހުގެ 13:00 ށް

2017 ޖޫން 21 ވަނަ ދުވަހުގެ 13:00ށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3023511ނަމްބަރ ފޯނާއެވެ.

13 ޖޫން 2017