ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ކުޅުދުއްފުށީ ކެމްޕަސް
މާލިމީހިނގުން، ހދ.ކުޅުދުއްފުށި
6527761:ފޯން
6528007:ފެކްސް
www:mnu.edu.mv
ނަންބަރު: MNU-KC/2017/05
ޢިއުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ހދ.ކުޅުދުއްފުށި ކެމްޕަހުގެ ބޭނުމަށް 01 ކޮޓަރީގެ 02 އެޕާރޓްމެންޓް 01 އަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރި އިއުލާން MNU-KC/2017/04ގެ ތެރެއިން 01 އެޕަރޓްމަންޓަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތީ، 01 އަހަރު ދުވަހުގެ މުއްދަތަކަށް 01 ކޮޓަރީގެ އެޕަރޓްމަންޓެއް ހޯދުމަށް އެދި އިއުލާން ކުރީމެވެ.
ކުއްޔަށް ހިފުމަން ބޭނުންވާ އެޕަރޓްމަންޓްގައި ހުންނަންޖެހޭ ޝަރުތުތައް ތިރީގައި މި ހިމަނާލަނީއެވެ.
1. މިއީ މިކެމްޕަހުގައި މަސައްކަތްކުރައްވާ ލެކްޗަރަރ ތިއްބެވުމަށް 12 މަސް ދުވަަހުގެ މުއްދަތަށް ކުއްޔަށްހިފާ ތަނެކެވެ.
2. މި އެޕަރޓްމަންޓެއްގައި މަދުވެގެން 1 ކޮޓަރީގެ އިތުރުން ސިޓިންގ ރޫމާއި ބަދިގެ ހުންނަންޖެހޭނެއެވެ.
3. އެޕާޓްމަންޓް ކުއްޔަށް ދޫކުރަންވާނީ މައިގަނޑު ފަރުނީޗަރާއި އެހެންނިހެން ސާމާނާއެކުގައެވެ. އޭގެތެރޭގައި ހިމެނެނީ އެނދާއި، އަލަމާރި، މޭޒު، ގޮނޑި، ގޮދަނޑި، ސިޓިން ރޫމް ގޮނޑި ސެޓް، ޓީވީ (ރެކާއެކު)، ދޮންނަމެޝިން، ކައްކާ ގޭސް، އުނދުން، ކާމޭޒު ގޮނޑިއާއެކު އެވެ. މީގެ އިތުރުންވެސް ސާމާނުހުރުމަކީ ޕޮއިންޓް ދިނުމުގައި ބެލޭނެ ކަމެކެވެ. އެޕާޓްމަންޓްގެ ބޭރަށް ހުންނަ ދޮރުތަކުގައި ޖާލީ ނުވަތަ ތޭރިހުންނަންވާނެއެވެ.
4. މި އެޕަރޓްމަންޓްގައި ބޯފެން ނެގޭނެ އިންތިޒާމް ނުވަތަ ސަޕްލައިފެން ލިބެން ހުންނަންވާނެއެވެ. އަދި ފާޚާނާ ހުންނަންވާނީ އެމް.ޑަބްލިޔު.އެސް.ސީގެ ފާޚާނާ ނިޒާމާ ގުޅިފައެވެ.
5. އެޕާޓްމަންޓް ކުއްޔަށް ދޫކުރަންވާނީ މަރާމާތެއް ކުރަން ހުރިނަމަ އެކަން ފުރިހަމަކުރުމަށްފަހުގައެވެ.
6. އަގުހުށަހަޅާއިރު، އެޕާޓްމަންޓްގައި ހުރި މައިގަނޑުތަކެތީގެ ލިސްޓަކާއި، ފްލޯޕްލޭން ހުށަހަޅަންވާނެއެވެ.
7. މި އެޕާޓްމަންޓް ކެމްޕަހާ ކައިރިވުމަކީ ޕޮއިންޓް ދިނުމުގައި ބެލޭނެކަމެކެވެ.
މަސައްކަތާއި ގުޅިގެން ޕޮއިންޓްދެވޭނޭ އުސޫލުތައް:
ކުލި |
%90 |
ތަނަވަސްކަމާއި ތަކެތިހުރި މިންވަރު |
%5 |
ކެމްޕަހާ ހުރި ކައިރިމިން |
%5 |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖޫން 2017 ވާ (ބުދަ) ދުވަހުގެ 10:00 އަށް ހދ.ކުޅުދުއްފުށީ ކެމްޕަހަށް އެސްޓިމޭޓް ހުށައެޅުން އެދެމެވެ.
24 ރަމަޟާން 1438