ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: (IUL)10-F/10/2017/20
އިޢުލާން
1438 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގަލޮޅު ދަނޑުގައި ބާއްވާ އިވެންޓްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް ރިފްރެޝްމަންޓް ތައްޔާރު ކުރުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
08 ޝައްވާލް 1438
02 ޖުލައި 2017