ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު : WAMCO-LOG/IUL/2017/075
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް 3 ލޭންޑިންގ ކްރާފްޓް ކުއްޔަ ދޫކުރާނެ ފަރާތެއް ހޯދުން
މި ކޯޕަރޭޝަނުން ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދުފަހަރު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
1- 03 ލޭންޑިންގ ކްރާފްޓް (350 ޓަނަށްނުރެއް ކުޑަނޫން)
ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވެމްކޯ މައި އޮފީސް، މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ، މަޖީދީމަގު އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
|
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
12 ޖުލައި 2017 (ބުދަ) |
10:00 (ހެނދުނު) |
ބީލަން ހުށަހެޅުން |
19 ޖުލައި 2017 (ބުދަ) |
10:00 (ހެނދުނު) |
2017 ޖުލައި 19 ވާ ބުދަ ދުވަހުގެ މެންދުރު 10:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3000581 ، ފެކްސް ނަންބަރު: 3000584
15 ޝައްވާލް 1438
9 ޖުލައި 2017