ދިވެހިރާއްޖެ
ަރުދަނާ ގޮތެއްގައި ކުނި ނައްތާލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މިއިދާރާއިން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން މިއިދާރާއަށް ގަންނަން ބޭނުންވާ 50 ޑަސްބިން (120 ލިޓަރުގެ) ހޯދުމަށް އެދި ކޮށްފައިވާ މިއިދާރާގެ ނަންބަރު:374-C/374/2017/30 (IUL) (02 ޖުލައި 2017) ގެއިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތައް އެކަށީގެންވާ ވަރަށްވުރެ އަގުބޮޑުކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން |
ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައި |
މަޢުލޫމާތު ސާފުކޮށްދިނުން |
2017 ޖުލައި 23 އާދީއްތަ ދުވަހުގެ 11:00 ގައި |
އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން |
2017 ޖުލައި 25 އަންގާރަ ދުވަހުގެ 11:00 ގައި |
އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ކައުންސިލަށް 120 ލިޓަރުގެ 50 ޑަސްޕިން ވިއްކުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑި ޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.