ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ޞުލްޙަވެރިކަން ރައްޔިތުންނަށް- ސަމާލުކަން ތަހުޒީބަށް |
އުނގޫފާރު، ދިވެހިރާއްޖެ
ނަންބަރު: (IUL)303-AS/303/2017/21
އިޢުލާން
މިކައުންސިލްގެ ފަރާތުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިގޭގެ ހުޅަނގު ފަރާތަށް އިމާރާތާއި ގުޅިގެން ބައެއް އިމާރާތްކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލްގެ ފަރާތުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިގޭގެ ހުޅަގު ފަރާތަށް އިމާރާތާއި ގުޅިގެން ބައެއް އިމާރާތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ރައްޔިތުންގެ ވިޔަފާރިގެ ހިމެނޭ އިމާރާތުގެ ހުޅަނގަށް ބައެއް އިތުރުކޮށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 24 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށެވެ. މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 30 ޖުލައި 2017 ވާ އާދިއްތަ ދުވަހު 11:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއަކާއި، ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލްގެ ފަރާތުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިގޭގެ ހުޅަނގު ފަރާތަށް އިމާރާތާއި ގުޅިގެން ބައެއް އިމާރާތްދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.
ރައްޔިތުންގެ ވިޔަފާރިގޭގެ އިމާރާތައް އިތުރުކުރެވޭ ބަޔާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ރައްޔިތުންގެ ވިޔަފާރި މެނޭޖަރ އިބްރާހިމް ޒަޔާން ( މޯބައިލް ނަމްބަރ 7915615) އާއި ގުޅުއްވުން އެދެމެވެ.
ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.
ހުށަހަޅާ އަގަށް %80
މުއްދަތައް %20
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
24 ޝައްވާލް 1438
18 ޖުލައި 2017
އަބްދުންނާޞިރު ޢަލީ
ކައުންސިލްގެ ރައީސް