ދިވެހިރާއްޖެ
c
ރަތްމަންދޫ ސުކޫލް
މ.ރަތްމަންދޫ /ދިވެހި ރާއްޖެ ނަންބަރ:(IUL)GS-164/2017/08
އިޢުލާން
މި ސުކޫލް ގެ ހުޅަނގު ކޮޅުގެ ނަލަފިލައާއި ސީލިން ބަދަލް ކުރުން
މި ސުކޫލް ގެ ހުޅަނގު ކޮޅުގެ ނަލަފިލައާއި ސީލިން ބަދަލް ކޮއްދޭނެ ފަރާތެއް ހޯދުމައް ކުރި އިޢުލާން ނަންބަރ: (IUL)GS-164/2017/06 އާއި ގުޅިގެން 3 ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި ސުކޫލުންދޭ މަޢުލޫމަތާ އެއްގޮތައް އަމިއްލަތަކެތީގައި މިމަސައްކަތް ކޮއްދިނުމައް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި ސުކޫލައް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަ ޢުލޫމާތު ސާފުކުރުން |
14އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު01:00ގައި. |
އަންދާސީ ހިސާބު ހުށަހެޅުން |
20 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު01:00ގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރިވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދެއްގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާއްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 12:00 އަށް 7952905 ނަންބަރ ފޯނާއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
22 ޛުލްޤަޢިދަރ 1438
31 ޖުލައި 2017