ދިވެހިރާއްޖެ
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރު: MRDC/IFB/2017/15
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ވެބްސައިޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
މި ކޯޕަރޭޝަނުން ދޭ އިރުޝާދާއި އެއްގޮތައް މި ކޯޕަރޭޝަންގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 10 އޮގަސްޓް 2017 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަނަގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 އޮގަސްޓް 2017 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: +9603320657، +969947460
ފެކްސް ނަންބަރު: +9603317133
14 ޒުލްގައިދާ 1438
06 ޢޮގަސްޓް 2017