ދިވެހިރާއްޖެ
ގުދަނެއްކުއްޔަށް ހިފުމާއިބެހޭ
މިކުންފުނީގެ ބޭނުމަކަށް 750 -1000 އަކަފޫޓާއި ދޭތެރޭގެ ބޮޑުމިނުގެ ގުދަނެއްގެ ގޮތުގައި ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 20 އޮގަސްޓް 2017ވާ އާދީއްތަ ދުވަހުގެ 15:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 3 ވަނަ ފަންގިފިލާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 20 އޮގަސްޓް 2017 ވަނަ ދުވަހުގެ 15:00ގެ ފަހުން އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
ޢިމާރާތް ހޯދަން ބޭނުންވާ ރަށް:
- ކ.މާލެ
ކުއްޔަށް ދޫކުރަން ބޭނުންވާ ގުދަނާ ބެހޭ ތިރީގައިވާ ތަފްޞީލް ހުށަހެޅުން
- ގުދަނުގެ ބޮޑުމިން
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
- ޢިމާރާތް ހުރި ސަރަހައްދު
- ޢިމާރާތުގެ ކުލި
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
- ޢިމާރާތުގެ ކަރަންޓާއި ފެންވަކިކޮށްފައި ހުރުން
- ޢިމާރާތުގައި ވަކިން ފާޚާނާ ހުރެއްޖެނަމަ ރަގަޅު
- · ޢިމާރާތުގެ ސަލާމަތީ ފެންވަރު
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން
މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު:%20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30