ދިވެހިރާއްޖެ
ނަންބަރު: MRDC-IUL/2017/32
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހެޑް އޮފީހަށް އިލެކްޓްރީޝަން މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އިލެކްޓްރީޝަން،ގްރޭޑް 1 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އެސް.އެސް 3 – ގްރޭޑް 1 |
މުސާރަ: |
މަހަކު -/6080 ރުފިޔާ (ހަހާސް އަށްޑިހަ ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ހެޑް އޮފީސް |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
ޓެކްނިކަލް ސާވިސް ޑިޕާރޓްމަންޓް |
ފެންވަރު ނުވަތަ ޝަރުތު: |
-އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ - މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އިނގިރޭސި އާއި ދިވެހިބަހުން މުޢާމަލާތުކުރަން އެނގުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން. - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ވެހިކަލްތަކުގައި ދިމާވާ އިލެކްޓްރިކަލް މައްސަލަތައް ހައްލުކުރުން. - އިކިއުޕްމެންޓްތަކާއި މެޝިންތަކުގައި ދިމާވާ އިލެކްޓްރިކަލް މައްސަލަތައް ހައްލުކުރުން. - ޕަވަރ ޓޫލްސްތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުން. - ކުންފުނިން ހިންގާ މަޝްރޫއުތަކުގެ ކަރަންޓްގެ މަސައްކަތްތައް ރާވައި ހިންގުން. - ކުންފުނީގެ އެކި ސައިޓްތަކުގައި ހުރި މެޝިނަރީ އާއި ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސައިޓަތަކަށް ދިއުން. - ވެހިކަލްތަކާއި، އިކިއުޕްމެންޓްތަކާއި މެޝިންތައް ޕްރިވެންޓިވް މެއިންޓެނެންސް ޝެޑިއުލްއާއި އެއްގޮތަށް ބެލެހެއްޓުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 އޯގަސްޓް 21 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 އޯގަސްޓް މަހުގެ ތާރީޚެއްގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
18 ޛުލްޤައިދާ 1438
10 އޯގަސްޓް 2017