ދިވެހިރާއްޖެ
ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހުގައި ކިޔަވައިދިނުމުގެ ފުރުޞަތު
މަޤާމު: ލެކްޗަރަރ
ބޭނުންވާ އަދަދު: 01 (މަދުވެގެން 01 ލެކްޗަރަރ ކޮންމެ މޮޑިއުލްއަކަށް)
ހޯރަފުށީ ކައުންސިލްގެ އިދާރާއާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި ގުޅިގެން، ހޯރަފުށީގައި ޤާއިމްކޮށްފައިވާ ސިވިލް ސަރވިސް މުވައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށާއި އަދި ޢާއްމުންނަށް ހުޅުވައިލައިގެން 2017 ސެޕްޓެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާ، ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހުގައި ކިޔަވައިދެއްވާނެ ލެކްޗަރަރއިން ބޭނުންވެއެވެ.
ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތައް
Hours |
Module Name |
# |
50 |
Public Policy Formation |
1 |
50 |
Role of Civil Service |
2 |
50 |
General Management and Leadership |
3 |
50 |
Conflict Mediation, Negotiation and Resolution |
4 |
50 |
Financial Oversight and Measuring Results and Budgeting |
5 |
50 |
Media/Presentation Skills |
6 |
50 |
Entrepreneurship |
7 |
50 |
Managing Reform and Change |
8 |
ޝަރުތު: ކިޔަވައިދެއްވާ މޮޑިއުލްއަކާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް ޙާޞިލްކޮށްފައިވުން
ޓްނެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް
- ތައުލީމީ ފެންވަރު
- ކިޔަވައިދިނުން / ވޯކްޝޮޕް / ޓްރެއިންނިންގ ފަދަ ކަންކަމުން ލިބިފައިވާ ތަޖުރިބާ
- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ފަދަ ދާއިރާއަކުން ސިވިލް ސަރވިސް އިދާރާއެއްގައި އުޅެ ލިބިފައިވާ ތަޖުރިބާ
އުޖޫރަ
1. ނަންގަވައިދެއްވާ ކޮންމެ ގަޑިއަކަށް -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ)
2. ޕޭފަރު ތައްޔާރުކުރުމަށާއި މާރކުކުރާ ކޮންމެ ޕޭޕަރަށް -/35ރ (ތިރީސް ފަސްރުފިޔާ)
ހުށަހަޅަންޖެހޭ ލިޔުންތައް
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް:www.hoarafushicouncil.gov.mv އިން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.)
2. ވަނަވަރު / ކަރިކިއުލަމް ވިޓާ (ސީވީ)
3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސާފު ކޮޕީ
4. ލިބިފައިވާ ޓްރާންސްކްރިޕްޓްތަކުގެ ސާފު ކޮޕީ
5. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ހަފްތާތަކެއްގެ ބުރާސްފަތި، ހުކުރު، އަދި ހޮނިހިރު މި ތިން ދުވަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއިން ހަމަޖައްސާ ތަނެއްގައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 އޯގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި އަދި އެއަށް ބޭނުންވާ ލިޔުންތަކާއިއެކު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މެއިލް ކުރައްވާނަމަ، މި އިދާރާގެ މެއިލް: hr@hoarafushicouncil.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.