ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބޭނުމަށް ސ.ހުޅުދޫ ނުވަތަ ސ.މީދޫއިން 03 ކޮޓަރީގެ ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ކުރި 198-F/2017/57 (14 އޯގަސްޓް 2017) ނަންބަރު ޢިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފި، ސ.މީދޫއިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 24 އޮގަސްޓް 2017
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފި، ސ.މީދޫ ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
28 ޛުލްޤައިދާ 1438
20 އޮގަސްޓް 2017