ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: TCL/PROC-TA/2017/019
ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިންކުއްޔަށްހިފުމަށް ކުރި އިޢުލާން ނަމްބަރ (TCL/PROC-TA/2017/017) އާއި ގުޅިގެން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިއާއި ގުޅިގެން ތާރީޚް ތަކަށް ވަނީ ބަދަލުގެނެވިފައެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ރަޖިސްޓްރީކުރުން |
ޓީސީއެލް ހެޑް އޮފީސް |
ރަސްމީ ދުވަސް |
23 އޮގަސްޓް 2017 އިން 14 ސެޕްޓެމްބަރ 2017 އަށް |
09:00 އިން 13:00 އަށް |
ބީލަން ފޮތް ދޫކުރަން ފެށުން |
ޓީސީއެލް ހެޑް އޮފީސް |
ބުދަ |
23 އޮގަސްޓް 2017 އިން ފެށިގެން |
09:00 އިން ފެށިގެން |
ޕްރީ ބިޑް މީޓިންގ |
ފަހުން އިޢުލާން ކުރެވޭނެ |
އަންގާރަ |
19 ސެޕްޓެމްބަރ 2017 |
13:30 ގައި |
ބިޑް ސެކިއުރިޓީ ހުށަހެޅުން |
ޓީސީއެލް ހެޑް އޮފީސް |
ރަސްމީ ދުވަސް |
24 ސެޕްޓެމްބަރ 2017 އިން 08 އޮކްޓޯބަރ 2017 އަށް |
09:00 އިން 13:00 އަށް |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ފަހުން އިޢުލާން ކުރެވޭނެ |
ބުރާސްފަތި |
12 އޮކްޓޯބަރ 2017 |
13:30 ގައި |
- މުޅިން އަލަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 200.00ރ. (ދުއިސައްތަ ރުފިޔާ) ދަށްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
- ފުރަތަމަ ފަހަރަށް ކުރި އިޢުލާން ނަމްބަރ (TCL/PROC-TA/2017/001) އާއި ގުޅިގެން ރަޖިސްޓްރީ ކުރި ފަރާތްތަކުން ވެސް އަލުން ރަޖިސްޓްރީކުރައްވަން ވާނެއެވެ.
- ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5,000.00ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 08 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.
ނޯޓް: ރެޖިސްޓްރީ ކުރެއްވުމަށާއި ބިޑް ސެކިއުރިޓީ ދެއްކުމަށް ވަޑައިގަންނަވާއިރު ކުންފުންޏެއްނަމަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ އަދި އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވ.
ކޮންމެ ފަރާތަކަށްވެސް ރަޖިސްޓްރީ ކުރެއްވޭނީ ގިނަވެގެން 3 (ތިނެއް) ޕްލޮޓަށެވެ.
ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:
- ބީލަން ހުށަހަޅުއްވަންވާނީ ކުއްޔަށް ހިފަން އެދިލައްވާ ކޮންމެ ޕްލޮޓަކަށް ވަކިންނެވެ.
- ބީލަން ހުށަހަޅުއްވާފައިވާ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 120 ދުވަހަށް ވާންވާނެއެވެ.
- ބީލަން ހުށަހަޅުއްވަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
ބީލަން ހުށަހެޅުއްވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 08 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ތަނެއް ފަހުން އިޢުލާން ކުރެވޭނެއެވެ.
ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ލިންކްތަކަށް ފިއްތާލައްވާ.
http://www.tcl.com.mv/v2/wp-content/uploads/2017/07/TA-013-2017-Plot-Details.pdf
http://www.tcl.com.mv/v2/wp-content/uploads/2017/08/Plots-for-lease-Zone-level-maps-tender-2.pdf
22 އޮގަސްޓް 2017
30 ޛުލްޤަޢިދާ 1438
Fen Building/ 4th floor ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514