ދިވެހިރާއްޖެ
60-ADM/2017/198:ނަންބަރ
އެސްޓީއޯގެ ކާރެއް ނީލަންކިއުން
އެެސްޓީއޯގައި ބޭނުންކޮށް ފައިވާ ތިރީގައި މިދަންނަވާ ކާރު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
- ރަޖިސްޓްރީ ނަންބަރ B1A1146
- މޮޑެލް ނަންބަރ TOYOTA-GF-AE110-AEPNKS
- ޗެސިސް ނަންބަރު AE110-5277166
- އިންޖީނު ނަންބަރ 5A H208031
- ރާއްޖެ އެތެރެކުރި އަހަރު 28/03/1999
މިކާރު ނީލަމުން ނަންގަވަން ބޭނުންވެލައްވާ ފަރާތްތަކުން އެސްޓީއޯ ސްޓާފްކުއަރޓަރސްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ސެޕްޓެމްބަރ 2017 ވާ ބުދަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ށް އެސްޓީއޯ ސްޓާފްކުއަރޓަރސްއަށް ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ.
ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިގެން އަންނަ މަސައްކަތު ދެދުވަހު އެއްއަގެއް ހުށަހެޅިފައި އޮވެއްޖެނަމަ އެއަގު ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހަޅުއްވާ ސިޓީތައް ކަޑައި އަގު އާއްމު ކުރާނީ ސިޓީލައްވާ އެންމެންގެ ޙާޟިރުގައި، އެދުވަހެއްގެ ހެނދުނު 09:35 ގައި ކަމުގައިވެސް ދެންނެވީމެވެ.
28 އޯގަސްޓް 2017