ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: (IUL)303-AS/2017/34
އިޢުލާން
ވަޒީފާގެ ފުރުސަތު
މަޤާމް: އުނގޫފާރު ރައްޔިތުންގެ އިންޖީންގޭގެ ސްޕަވައިޒަރ
މަޤާމުގެ އަދަދު: 1
މަސައްކަތް ކުރާތަން: އުނގޫފާރު ރައްޔިތުންގެ އިންޖީންގެ
މުސާރަ: 4000.00 ( ހަތަރު ހާސް ރުފިޔާ )
ސާރވިސް އެލަވަންސް: މުސާރައިގެ %30
ހާޒިރީ އެލަވަންސް: މުސާރައިގެ %20
މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުތު:
1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން
2- ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން
3- ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން
މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި: 1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ
3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ
4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ
ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 17 ސެޕްޓެމްބަރ 2017، އާދިއްތަ ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.
މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 20 ސެޕްޓެމްބަރ 2017، ބުދަ ދުވަހު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.
20 ޒުލްހައްޖު 1438
11 ސެޕްޓެމްބަރ 2017 ޢަބުދުއްނާޞިރު ޢަލީ
ކައުންސިލްގެ ރައީސް
ޣާޒީމަގު / ރ، އުނގޫފާރު ، ދިވެހިރާއްޖެQaazeemagu Raa. Ungoofaaru, Repulic of Maldives
ފޯން: 6580118 Telepone
އީމެއިލް: E- mail: ungoofaaruoffice@gmail.com