ދިވެހިރާއްޖެ
Omadhoo Madharusaa Soasanmagu. Tha.Omadhoo, Maldives |
`
|
އޮމަދޫ މަދަރުސާ ސޯސަންމަގު، ތ. އޮމަދޫ، ދިވެހިރާއްޖެ |
|
||
ނަންބަރު: GS-178/IUL/2017/17 ތާރީޚް:20 ސެޕްޓެމްބަރ 2017 |
އިޢުލާނު
ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ކުޅޭ އޭރިއާގައި ސަންނެޓް ދެމުން
ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން ކުޅޭ އޭރިއާގައި ސަންނެޓް ދަމައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮކްޓޯބަރ 2017ވާ އަންގާރަ ދުވަހުގެ 14:00ށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 އޮކްޓޯބަރ 2017ވާ ބުދަ އަންގާރަ 14:00ށް މިސްކޫލަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
އެސްޓިމޭޓް ކެނޑުން އޮންނާނީ އެސްޓިމޭޓް ހުށަހަޅާ ބައްދަލުވުމުގައެވެ. އެސްޓިމޭޓް ހުށައަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު މިބައްދަލުވުމަށް ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އެސްޓިމޭޓް ހުށައަޅާފަރާތުގެ ސިޓީއެއް ޙުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރަތްޔިތެއް ކަން އަންގައިދޭ ކާޑު ގެނައުމަށް ދަންނަވަމެވެ. އަދި އެސްޓިމޭޓް ހުށަހަޅުއްވަނީ މި މަދަރުސާ އިން ދޭ ފޯމެޓާ އެއްގޮތައް ކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6780572 އާއި ގުޅުއްވުން އެދެމެވެ.
ނޯޓް: އެކަށިގެންވާ އަގަށް ވުރެ ބޮޑު އަގެއްގައި ބިޑް ހުށަހަޅާފައިވާތީ ނަމްބަރ GS-178/IUL/2017/15 އިޢުލާނު ބާތިލް ކުރެވިފައިވާވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.
29 ޛުލްހިއްޖާ 1438
20 ސެޕްޓެމްބަރ 2017
އެމް.އެމް. އައިސާކް
ޕްރިންސިޕަލް